މަސްކައްކާ ހިއްކުމުގެ މަސައްކަތަށް ޚާއްސަކޮށްގެން ވަގުތީ ކުލީބިން ދޫކުރަނީ

ރަށުގައި މަސްކައްކާ ހިއްކުމަށް ޚާއްޞަކޮށް ކުއްޔަށް ދޫކުރުމަށް އިޢުލާންކުރި ބިންތަކުގެ ތެރެއިން 585 ނަންބަރު ބިމަށް އެއްވެސް ފަރާތަކުން ބިޑްކޮށްފައިނުވާތީ އަލުން އެބިމަށް އަގު ހުށަހެޅުމަށް ކައުންސިލުން ހުޅުވާލައިފިއެވެ.
މިބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ކައުންސިލްގެ ބިޑް ހުށަހަޅާފޯމް ފުރިހަމަކުރައްވައި 2020 ނޮވެންބަރު 10 ވަނަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް ވަނީ ޢާއްމުކޮށް އަންގާ އިޢުލާންކޮށްފައެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ބިޑް ހުށަހަޅުއްވާ ގަޑީގައެވެ.
މިބިމަކީ ރަށުގެ އިރުއުތުރުކޮޅުން 1800 އަކަފޫޓުގެ ބިމެކެވެ. ބިން ކުއްޔަށް ދޫކުރަނީ ހަމަސްދުވަހުގެ މުއްދަތަށެވެ. ބިމުކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް ފަސްދޮޅަސް ލާރިއެވެ. މިބިމުން ކުލި ނަގަންފަށާނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 މަސްދުވަސް ފަހުންނެވެ. ބިމުގައި ކުރުމަށް ހުއްދަދެވޭނެ މަސައްކަތަކީ މަސްކައްކާ ހިއްކުމެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 މަސްދުވަސްތެރޭގައި ބިމުގައި މަސައްކަތްކުރަން ފަށަންވާނެއެވެ. އިޢުލާނުގައި ބަޔާންކޮށްފައިވާއިރު، މިހާރު މަސްކައްކާ ހިއްކުމަށް މިކައުންސިލުން ކުލީބިމެއް ނަގާފައިވާ ފަރާތަކަށް ބިޑަށް ކުރިމަތިނުލެވޭނެ ވާހަކަވެސް ވަނީ ހިމަނާފައެވެ. މިބިޑާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް azhar@raamaduvvari.gov.mv މެއިލްކުރެއްވުމަށް ކައުންސިލުން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.