ރަށުގެ ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމަށް ކައުންސިލުން ދިން ތިން މަސްދުވަހުގެ މުއްދަތު މިއަދަށް ހަމަވަނީ!

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އުޞޫލު ނަންބަރު 2020/3 (ރ.މަޑުއްވަރީގެ ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ކަނޑައެޅުމާއި ނެގުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު) ގައި ބަޔާންކުރާގޮތުގެ މަތިން ދޫކޮށްލާފައިވާ ތަކެތި ނެގުމަށް ދީފައިވާ 3 މަސްދުވަހުގެ މުއްދަތު މިއަދަށް (16 ނޮވެންބަރު 2020 އަށް) ހަމަވާނެއެވެ.

 

ކައުންސިލުން ނޮވެންބަރު 15 ވަނަ ދުވަހު ނެރެފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ އުޞޫލުގެ ގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކައުންސިލުން ކޮށްފައިވާ ނަންބަރު (IUL)308/2020/46 (16 އޮގަސްޓު 2020) އިޢުލާނުގައި ރަށުގެ މަގުތަކަށާއި، އާންމުތަންތަނަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމަށް ދީފައިވާ 3 މަސްދުވަހުގެ މުއްދަތު 2020 ނޮވެންބަރު 16 އަށް ހަމަވާނެކަމަށެވެ.

 

އަދި ރަށުގެ މަގުތަކަށާއި، އާންމުތަންތަނަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތީގެ ވެރިފަރާތުން އެތާރީޚުގެ ނިޔަލަށް އެތަކެތި ނަންގަވައި ދެއްވުމަށް އެދޭކަމަށްވެސް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، މިދެންނެވި މިތާރީޚުގެ ނިޔަލަށް އެތަކެތި ނުނަގައިފިނަމަ، ކައުންސިލްގެ ޤަވާއިދު ނަންބަރު 2013/R-816 (ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާއިދު) ގެ ބޭނުމަށްޓަކައި އެއީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި އެތާރީޚުގެ ފަހުން އިތުރު އެންގުމަކާއި ނުލައި އެތަކެތި ކައުންސިލަށް ނަގާނެވާހަކަވެސް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.