ރ. މަޑުއްވަރީގައި ހުވަންޏަށް ފޮގުކޮށްފި

ރ. މަޑުއްވަރީގައި ޒަމާނުންސުރެ ކޯޑި ހެދުމުގެ މަސައްކަތް ކުރަމުންއަންނަ އިރުމަތި އަވަށު ފުނަފަލުގައި ހުވަނިއަޅައި، އެސަރަޙައްދުގައި ދިރިއުޅޭ ޢާންމު ރައްޔިތުންނަށް އެކަމުގެ އުނދަގޫ ފޯރާތީ، އެކަން ހައްލުކުރުމުގެ ގޮތުން ކައުންސިލުން އެސަރަޙައްދަށް ފޮގުކުރުމުގެ މަސައްކަތްކޮށްފިއެވެ.

ކޮންމެ އަހަރެއްގެ ހޫނުމޫސުމުގައި ރަށުގެ އެކިސަރަޙައްދުތަކުގައިވާ ގަސްގަހުގައި ހުވަނިއަޅައެވެ. އަދި ހުވަނި ނައްތާލުމަށް ފޮގުކުރުމުގެ މަސައްކަތް ކޮންމެ އަހަރަކުވެސް ކައުންސިލުން ކުރެއެވެ. ވިއްސާރަވެ މަދިރިގިނަވާ ދުވަސްވަރުވެސް ކައުންސިލުން ފޮގްކުރުމުގެ މަސައްކަތް ކުރެއެވެ.