ރ. މަޑުއްވަރީ ކައުންސިލްގެ ދުވަސްވީ ސާމާނުތަކެއް ނީލަންކިޔައިފި

ރ. މަޑުއްވަރީ ކައުންސިލްގައި ހަލާކުވެފައިހުރި ބައެއްތަކެއްޗާއި ދުވަސްވެ ބޭނުންނުކުރެވޭ ހާލަތުގައި ހުރި ގިނަ ސާމާނުތަކެއް އިއްޔެ ނީލަންކިޔަފިއެވެ. މަޑުއްވަރީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވާގޮތުން ނީލަން ބަހާލެވިފައިވަނީ ދެބަޔަކަށެވެ. އެއީ ރ. މަޑުއްވަރީ އިރުމަތި އަވަށު އަހެނުންގެ މިސްކިތް ޢިމާރާތްކުރުމަށް މީގެ އެތަށް އަހަރެއް ކުރިން އިރުމަތީ އަވަށު ރައްޔިތުން ގެނެސްފައިވާ ޢިމާރާތްކުރަން ބޭނުންކުރާ ސާމާނުތައް ނީލަން ކިޔާ ބަޔާއި ކައުންސިލް އިދާރާ އާއި މިސްކިތްތަކުގައި ބޭނުންކޮށްފައިވާ ބައެއް ސާމާނު ނީލަންކިޔާބައެވެ. ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ނީލަން ކިޔުން އޮތީ 2021 ޖަނަވަރީ 16 ވީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި މަޑުއްވަރީ އިރުމަތީ އަވަށު އަންހެނުންގެ މިސްކިތް ހުރި ބިމުގައެވެ. އަދި މިސްކިތްތަކާއި ކައުންސިލްގައި ބޭނުންކޮށްފައިވާ ތަކެތި ނީލަން ކިޔުން އޮތީ 2021 ޖަނަވަރީ 16 ވަނަ ދުވަހުގެ ހަވީރު 16:00 ގައި މަޑުއްވަރީ ކައުންސިލް އިދާރާގައެވެ.

އިއްޔެގެ ނީލަމުގައި ނީލަންކީ ތަކެތީގެ ތެރޭގައި ހިމެނެނީ އެކައުންސިލުން ކުރިން ކުއްޔަށް ދޫކުރި ދެކޮޓަރީގެ ފަރުނީޗަރުތަކާއި ކައުންސިލްގައި ބޭނުންކުރި ކޮމްޕިއުޓަރ ސިސްޓަމްތަކާއި ކަރަންޓް ސާމާނުތަކާއި ފޯނުތަކާއި ފުޓްސަލް ދަނޑާއި ފުޓްބޯޅަދަނޑުގެ ލައިޓްތަކާއި އިންޓަނެޓާއި ފޯން ނެޓްވޯކް އެޅުމަށް ބޭނުންކުރާ ސާމާނާއި މަސްޖިދުލް އަމާނާއިން ނަގާފައިވާ ކާޕެޓާއި ކާޕެޓް ދަށުގައި އަޅާ މެޓްތަކާއި ކައުންސިލް އިދާރާގައި ބޭނުންކޮށްފައިވާ ގޮނޑިތަކާއި އެނޫންވެސް އަތްލާހިފާ ސާމާނުތަކެވެ.

އިއްޔެގެ ނީލަން އެއްކޮށް ނިމިފައިނުވާތީ އާއި އެނީލަމުގައި ނުވިކި ބާކީ ހުރި ސާމާނު ނީލަންކިޔުން މިއަދު އޮންނާނެއެވެ. މިބައި ކުރިއަށްދާނީ ކައުންސިލް އިދާރާގެ ދެކުން އޮތް ބާ ގަބުރުސްތާނު ސަރަޙައްދުގައި މިއަދު ހަވީރު 16:00 ގައެވެ.

އިއްޔެ ފެށި ނީލަމަކީ މިހާތަނަށް އެންމެގިނަ މީހުން ބައިވެރިވި ނީލަންކަމަށް މަޑުއްވަރީ ކައުންސިލް އިދާރާއިން މަޢުލޫމާތު ދެއެވެ.