ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރ.އަތޮޅާއި ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ރ.މަޑުއްވަރިއަށް ޒިޔާރަތްކުރައްވައި، މަޑުއްވަރީ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަދި ކްލާސްރޫމް އިމާރާތް ރަސްމީކޮށް ހުޅުއްވައި ދެއްވާފައެވެ.
ސްކޫލްގެ މި އާއިމާރާތުގައި މަލްޓިޕާޕަސް ހޯލުގެ އިތުރުން 8 ކުލާސްރޫމް ހިމެނެއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެލް.އެފް ކޮންސްޓްރަކްޝަން އާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މިމަސައްކަތް ނިމުމާއެކު، މަޑުއްވަރީ ސްކޫލަށް ބޭނުންވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެއެވެ.
ރައީސްގެ މިދަތުރުފުޅުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.