ރ.މަޑުއްވަރީ ކައުންސިލުން ތަޖުރިބާ ހޯދުމަށް ށ.އަތޮޅަށް ކުރާ ދަތުރުގައި ށ.ނަރުދޫ ކައުންސިލާއި ބައްދަލުކޮށްފި

 

ރ.މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ތަޖުރިބާ ހޯދުމަށް ށ.އަތޮޅަށް ކުރާ ދަތުރުގައި ށ.ނަރުދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކޮށްފިއެވެ.

 

 

މިބައްދަލުވުމުގައި ދެރަށުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ވެއެވެ. ނަރުދޫ ކައުންސިލްގެ ފަރާތުން އެރަށުގެ ބަނދަރުން ދިމާވާ ގޮންޖެހުންތަކާއި، އެގޮންޖެހުންތައް ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތް ޙިއްސާކޮށްފައިވެއެވެ. އަދި ނަރުދޫގައި ކުނި މެނޭޖްކުރަމުން އަންނަ ގޮތް ޙިއްސާކޮށްފައިވެއެވެ. ނަރުދޫގެ ފުޓުބޯޅަ ދަނޑާއި ފުޓްސަލް ދަނޑު ބަލަހައްޓަމުންދާގޮތްވެސް މިބައްދަލުވުމުގައި ޙިއްސާކޮށްފައިވެއެވެ. މީގެ އިތުރުން، ޕްރީ ސްކޫލް ހިންގަމުންދާ ގޮތާއި ބެހޭ ގޮތުން މަޢުލޫމާތު ބަދަލުކޮށްފައިވެއެވެ.

 

 

އަދި ހަމައެއާއެކު، ދެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ކުރިއަށް ރާވާފައިވާ ކަންކަމާއި ގުޅޭ ގޮތުންވެސް މަޢުލޫމާތު ބަދަލުކުރެވިފައިވެއެވެ. އަދި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެގޮންޖެހުންތަކަށް ޙައްލުހޯދަމުންދާ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

 

 

މަޑުއްވަރީ ކައުންސިލްގެ ޓީމް ނަރުދުއަށް ޒިޔާރަތްކުރުމުން، ނަރުދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ނަރުދޫގެ ބައެއް ޚާއްސަ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ބަދަލުކުރެވިފައިވެއެވެ. ނަރުދުއަށްފަހު މިދަތުރުގައި ދެން ދާންއޮތް މަންޒިލަކީ ށ.ފީވަކެވެ.