އަލިފުށި އެއަރޕޯޓް ފުސްފަރަށް ބަދަލުކުރާކަށް ނޭދެން. އެދުނީ އަލިފުށި އެއަރޕޯޓާއެކު، ރ.އަތޮޅުގެ ދެކުނުބިތުން ފުސްފަރުގައިވެސް އެއަރޕޯޓެއް އަޅައިދިނުމަށް – މަޑުއްވަރީ ކައުންސިލްގެ ރައީސް

  ރ.އަލިފުށީގައި އެޅުމަށް ސަރުކާރުން ނިންމަވާފައިވާ އެއަރޕޯޓް ރ.ފުސްފަރަށް ބަދަލުކުރުމަށް ރައީސަށް ދަންނަވާފައިނުވާނެ ކަމަށް ރ.މަޑުއްވަރީ ކައުންސިލްގެ ރައީސް މުޙައްމަދު ޞާދިޤު ވިދާޅުވެއްޖެއެވެ. ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ އަލިފުށި އެއަރޕޯޓް ފުސްފަރަށް ބަދަލުކުރުމަށް މަޑުއްވަރީ ކައުންސިލުން އެދޭ ކަމަށެވެ. އެހެންނަމަވެސް އެއީ ރަނގަޅު ވާހަކައެއް ނޫންކަމަށް ޞާދިޤު ވިދާޅުވިއެވެ.   “އަޅުގަނޑުމެން ނުދަންނަވަން އަލިފުށި އެއަރޕޯޓް ފުސްފަރަށް ބަދަލުކުރާކަށް. އެއީ ދޮގު ވާހަކައެއް. އަލިފުށީ ދާއިރާގެ އެމްޕީއަށް އެނގިލައްވާނެ މީޓިންގަ ދެއްކި ހުރިހާ ވާހަކައެއް” – … Read more

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ.މަޑުއްވަރީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލުކުރެއްވުން.

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ.އަތޮޅާއި ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ވަނީ ރ.މަޑުއްވަރިއަށް ޒިޔާރަތްކުރައްވައި، ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލުކުރައްވާފައެވެ. އިއްޔެ ހަވީރު މަޑުއްވަރީ ސްކޫލްގެ މަލްޓިޕާޕަސް ހޯލުގައި ބޭއްވި މިބައްދަލުވުމުގައި ރައީސް ވަނީ ސަރުކާރުގެ ފަރާތުން ރަށުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ކައުންސިލަށް އަރުވާފައެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށް ދާއިރު ކައުންސިލްތަކުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަން ރައީސް އެދިވަޑައިގެންފައިވެއެވެ.     … Read more

ރ.މަޑުއްވަރީ ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި ކްލާސްރޫމް އިމާރާތް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފި.

  ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރ.އަތޮޅާއި ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ރ.މަޑުއްވަރިއަށް ޒިޔާރަތްކުރައްވައި، މަޑުއްވަރީ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަދި ކްލާސްރޫމް އިމާރާތް ރަސްމީކޮށް ހުޅުއްވައި ދެއްވާފައެވެ.     ސްކޫލްގެ މި އާއިމާރާތުގައި މަލްޓިޕާޕަސް ހޯލުގެ އިތުރުން 8 ކުލާސްރޫމް ހިމެނެއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެލް.އެފް ކޮންސްޓްރަކްޝަން އާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މިމަސައްކަތް ނިމުމާއެކު، މަޑުއްވަރީ ސްކޫލަށް ބޭނުންވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެއެވެ.   ރައީސްގެ … Read more

ކޮވިޑް-19 ވެކްސިންދިނުމުގެ ޙަރަކާތް މިއަދު ރ.މަޑުއްވަރީގައި ފަށައިފި!

‘ކޮވިޑް-19 ދިފާޢު’ ނަމުގައި ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ދިނުމަށް ސަރުކާރުން ފައްޓަވާފައިވާ ކެމްޕެއިންގެ ތެރެއިން، ރ.މަޑުއްވަރީގައި ވެކްސިން ދިނުމުގެ ޙަރަކާތް މިއަދު ފަށައިފިއެވެ. މިއަދުގެ ޙަރަކާތުގައި އެންމެ ފުރަތަމަ ވެކްސިން ޖެހުމުގެ މަސައްކަތް ފަށާފައިވަނީ މިވަގުތު ވެކްސިން ލިބިފައިވާ އަދަދަށް ބަލައި، މިވެކްސިން ޖެހުމުގައި އިސްކަންދޭ ތަރުތީބަށް ބަލައިގެންނެވެ.   އެގޮތުން، ޞިއްޙީ ޚިދުމަތުގައި މަސައްކަތްކުރާ ފަރާތްތަކާއި، 80 އަހަރުން މަތީގެ އިސްރަށްވެހިންނާއި، ބޭސްފިހާރައިގައި މަސައްކަތްކުރާ ފަރާތްތަކާއި، މިސްކިތުގެ މުދިމުންނާއި މަސައްކަތު މީހުން އަދި ކޮވިޑް-19 އާއި … Read more

ރ. މަޑުއްވަރީ ކައުންސިލްގެ ދުވަސްވީ ސާމާނުތަކެއް ނީލަންކިޔައިފި

ރ. މަޑުއްވަރީ ކައުންސިލްގައި ހަލާކުވެފައިހުރި ބައެއްތަކެއްޗާއި ދުވަސްވެ ބޭނުންނުކުރެވޭ ހާލަތުގައި ހުރި ގިނަ ސާމާނުތަކެއް އިއްޔެ ނީލަންކިޔަފިއެވެ. މަޑުއްވަރީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވާގޮތުން ނީލަން ބަހާލެވިފައިވަނީ ދެބަޔަކަށެވެ. އެއީ ރ. މަޑުއްވަރީ އިރުމަތި އަވަށު އަހެނުންގެ މިސްކިތް ޢިމާރާތްކުރުމަށް މީގެ އެތަށް އަހަރެއް ކުރިން އިރުމަތީ އަވަށު ރައްޔިތުން ގެނެސްފައިވާ ޢިމާރާތްކުރަން ބޭނުންކުރާ ސާމާނުތައް ނީލަން ކިޔާ ބަޔާއި ކައުންސިލް އިދާރާ އާއި މިސްކިތްތަކުގައި ބޭނުންކޮށްފައިވާ ބައެއް ސާމާނު ނީލަންކިޔާބައެވެ. ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ނީލަން ކިޔުން … Read more

ށ.ފޯކައިދޫ ކައުންސިލް މެންބަރުންނާއި، އ.ތ.މ ކޮޓީގެ މެންބަރުން ރ.މަޑުއްވަރީއަށް ޒިޔާރަތް ކުރައްވައިފި

ށ.ފޯކައިދޫ ކައުންސިލްގެ ރައީސް، ނައިބު ރައީސް އަދި ކައުންސިލް މެންބަރުގެ އިތުރުން، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހިމެނޭ ޓީމެއް އިއްޔެ މަޑުއްވަރީއަށް ޒިޔާރަތްކޮށްފިއެވެ. މިދަތުރަކީ، މަޢުލޫމާތާއި ތަޖުރިބާ ހޯދުމުގެ އިތުރުން ދެރަށުގެ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާއި ދެމެދު ގުޅުން ބަދަހިކުރުމަށް ރޭވުނު ދަތުރެއްކަމަށް ށ.ފޯކައިދޫ ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ. މިދަތުރުގައި ފޯކައިދޫ އަދި މަޑުއްވަރީގައި ހިނގަމުންދާ މަޝްރޫޢުތަކުގެ މަޢުލޫމާތުތައް ޙިއްސާކުރުމާއި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކާމެދު މަޝްވަރާ ކުރެވުނެވެ. އަދި … Read more

ރ. މަޑުއްވަރީއަށް އުދަ އަރައިފި، މިރޭވެސް އުދައަރާނެކަމަށް ލަފާކުރެވޭ

ރޭ 22:00 އާއި މެންދަމު 2:00 އާއި ދެމެދު ރ. މަޑުއްވަރީގެ ވަށައިގެން އެކި ހިސާބުތަކަށް އުދަ އަރައިފިއެވެ. ރޭގެ އުދަ ރަށުތެރޭގެ ބައެއް ހިސާބުތަކަށް 200 ފޫޓަށް އެތެރެއަށް އަރާފައިވެއެވެ. މިއުދައިގައި ދެގެޔަކާއި އެމްޓީސީސީ ސައިޓަށް ލޮނުވަދެ، އެސައިޓުން ކަރަންޓް ކެނޑިފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.  މިއުދައަކީ ރާއްޖެހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ބޮޑެތި ރާޅު ބާނިތަކެއްގެ ސަބަބުން އަރާ އުދަެއްކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން މަޢުލޫމާުތުދެއެވެ. ދިޔަވަރު ބޮޑުވާ … Read more

ރ.މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމްކޮށްގެން ރަށުގައި ޖަނާޒާ ކޯހެއް ފަށައިފި

ރ.މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމްކޮށްގެން ރަށުގައި ޖަނާޒާ ކޯހެއް ފަށައިފިއެވެ. މިކޯސް ފެށުމުގެ ގޮތުން އިރުވެލި މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޔަޒީދާ ޢަލީ ވިދާޅުވި ގޮތުގައި މިކޯހަކީ، ރަށުގައި ތިބެގެން މިމަސައްކަތް ދަސްކޮށް ސަނަދު ޙާޞިލުކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވުނު ވަރަށް ރަނގަޅު ދޮރެއް ކަމަށެވެ. އަދި މިއީ ރަށުގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންކަމުގައި ހަރަކާތްތެރިވާނެ މީހުން މަދު ދަނޑިވަޅެއްގައި … Read more

ރ. މަޑުއްވަރީގައި ހުވަންޏަށް ފޮގުކޮށްފި

ރ. މަޑުއްވަރީގައި ޒަމާނުންސުރެ ކޯޑި ހެދުމުގެ މަސައްކަތް ކުރަމުންއަންނަ އިރުމަތި އަވަށު ފުނަފަލުގައި ހުވަނިއަޅައި، އެސަރަޙައްދުގައި ދިރިއުޅޭ ޢާންމު ރައްޔިތުންނަށް އެކަމުގެ އުނދަގޫ ފޯރާތީ، އެކަން ހައްލުކުރުމުގެ ގޮތުން ކައުންސިލުން އެސަރަޙައްދަށް ފޮގުކުރުމުގެ މަސައްކަތްކޮށްފިއެވެ. ކޮންމެ އަހަރެއްގެ ހޫނުމޫސުމުގައި ރަށުގެ އެކިސަރަޙައްދުތަކުގައިވާ ގަސްގަހުގައި ހުވަނިއަޅައެވެ. އަދި ހުވަނި ނައްތާލުމަށް ފޮގުކުރުމުގެ މަސައްކަތް ކޮންމެ އަހަރަކުވެސް ކައުންސިލުން ކުރެއެވެ. ވިއްސާރަވެ މަދިރިގިނަވާ ދުވަސްވަރުވެސް ކައުންސިލުން ފޮގްކުރުމުގެ މަސައްކަތް ކުރެއެވެ.

ރ.މަޑުއްވަރީ ޕޮލިސް ޤުރްއާން މުބާރާތް މިރޭ ފަށަނީ

ރ.މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ޤުރްއާން މުބާރާތް މިރޭ ފަށާނެކަމަށް އެސްޓޭޝަންގެ ފަރާތުން މަޢުލޫމާތު ދެއްވައިފިއެވެ. މަޑުއްވަރީ ޕޮލިސް ސްޓޭޝަން އިންޗާޖް އިބްރާހިމް މުޙައްމަދު ވިދާޅުވި ގޮތުގައި މިއީ މިސްޓޭޝަންގެ ފަރާތުން މުޅިން އަލަށް ފަށާ މުބާރާތެއްކަމަށާއި، މިމުބާރާތުގައި ބައިވެރިވުމަށް ރަށުގެ ހުރިހާ އުމުރުފުރާއަކަށް ހުޅުވާލެވުނު ކަމަށެވެ. އަދި މިފުރުޞަތުގައި ޖުމްލަ 176 ބައިވެރިން މިމުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވާ ކަމަށާއި، އަދި މިބައިވެރިން ޖުމްލަ 8 އުމުރުފުރާއަކަށް ބަހާލެވިފައިވާކަން ފާހަގަކުރެއްވިއެވެ.   މިމުބާރާތުގެ … Read more