ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ރަށު އޮޑިޝަން މަޑުއްވަރީގައި ފަށައިފި

  ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ ރަށު އޮޑިޝަން ރ.މަޑުއްވަރީގައި މިއަދު ފަށައިފިއެވެ. ތިން ދަންފަޅިއަށް ބަހާލައިގެން ކުރިއަށްގެންދާ މިއޮޑިޝަން ކުރިއަށްދަނީ މަޑުއްވަރީ ސްކޫލްގައެވެ. ހެނދުނުގެ ދަންފަޅި ފަށާފައިވަނީ ހެނދުނު 9:00 ގައެވެ. މެންދުރުފަހުގެ ދަންފަޅި ކުރިއަށްދާނީ 14:00 ން ފެށިގެން 16:00 އަށެވެ. އަދި ރޭގަނޑުގެ ދަންފަޅި ކުރިއަށްދާނީ 20:00 ން 22:00 އަށެވެ. މިއޮޑިޝަނަކީ ޤައުމީ މުބާރާތުގައި ރ.އަތޮޅު ތަމްޞީލުކުރާނެ ބައިވެރިން ކަނޑައެޅުމަށް ރ.އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ އޮޑިޝަންގައި … Read more

ރ.މަޑުއްވަރީ ކައުންސިލުން ތަޖުރިބާ ހޯދުމަށް ށ.އަތޮޅަށް ކުރާ ދަތުރުގައި ށ.ފޯކައިދޫ ކައުންސިލާއި ބައްދަލުކޮށްފި

  ރ.މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ތަޖުރިބާ ހޯދުމަށް ށ.އަތޮޅަށް ކުރާ ދަތުރުގައި ށ.ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކޮށްފިއެވެ.     މިބައްދަލުވުމުގައި ދެރަށުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ވެއެވެ. ފޯކައިދޫގެ އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް މިދައުރުގައި ކުރަމުންދާ ގޮތާއި ބެހޭ ގޮތުން ތަފްޞީލްކޮށް މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި ރަށުގެ ބަނދަރުން ދިމާވާ ދަތިތަކުގެ ސަބަބުން އުޞޫލުތައް ތަންފީޒުކުރުމަށް ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތުވެސް … Read more

ރ.މަޑުއްވަރީ ކައުންސިލުން ތަޖުރިބާ ހޯދުމަށް ށ.އަތޮޅަށް ކުރާ ދަތުރުގައި ށ.ފީވަކު ކައުންސިލާއި ބައްދަލުކޮށްފި

  ރ.މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ތަޖުރިބާ ހޯދުމަށް ށ.އަތޮޅަށް ކުރާ ދަތުރުގައި ށ.ފީވަކު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކޮށްފިއެވެ.     މިބައްދަލުވުމުގައި ދެރަށުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ވެއެވެ. އަދި މަޑުއްވަރީގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމަށްޓަކައި، ބޭނުންވާ ގަސް ހޯދުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ފީވަކުގެ ބަނދަރު ބަލަހައްޓަމުންދާ ގޮތާއި، ކުނިކޮށި ބަލަހައްޓަމުންދާ ގޮތާއި، ކުޅިވަރު ދަނޑުތައް މެނޭޖްކުރަމުންދާ … Read more

ރ.މަޑުއްވަރީ ކައުންސިލުން ތަޖުރިބާ ހޯދުމަށް ށ.އަތޮޅަށް ކުރާ ދަތުރުގައި ށ.ނަރުދޫ ކައުންސިލާއި ބައްދަލުކޮށްފި

  ރ.މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ތަޖުރިބާ ހޯދުމަށް ށ.އަތޮޅަށް ކުރާ ދަތުރުގައި ށ.ނަރުދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކޮށްފިއެވެ.     މިބައްދަލުވުމުގައި ދެރަށުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ވެއެވެ. ނަރުދޫ ކައުންސިލްގެ ފަރާތުން އެރަށުގެ ބަނދަރުން ދިމާވާ ގޮންޖެހުންތަކާއި، އެގޮންޖެހުންތައް ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތް ޙިއްސާކޮށްފައިވެއެވެ. އަދި ނަރުދޫގައި ކުނި މެނޭޖްކުރަމުން އަންނަ ގޮތް ޙިއްސާކޮށްފައިވެއެވެ. ނަރުދޫގެ ފުޓުބޯޅަ ދަނޑާއި ފުޓްސަލް ދަނޑު … Read more

ރ.މަޑުއްވަރީ ކައުންސިލުން ތަޖުރިބާ ހޯދުމަށް ށ.އަތޮޅަށް ކުރާ ދަތުރުގައި ށ.ފުނަދޫ ކައުންސިލާއި ބައްދަލުކޮށްފި

  ރ.މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ތަޖުރިބާ ހޯދުމަށް ށ.އަތޮޅަށް ކުރާ ދަތުރުގައި ށ.ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުން ކުރިއަށް ގެންދިޔައީ ފުނަދޫ ކައުންސިލް އިދާރާގެ މީޓިންގ ހޯލްގައެވެ.     މިބައްދަލުވުމުގައި ދެރަށުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ވެއެވެ. މަޑުއްވަރީ ކައުންސިލްގެ ފަރާތުން ފުނަދޫގެ ބަނދަރު ބަލަހައްޓަމުންދާ ގޮތާއި، ކުނިކޮށި ބަލަހައްޓަމުންދާ ގޮތާއި، ކުޅިވަރު ދަނޑުތައް މެނޭޖްކުރަމުންދާ ގޮތުގެ އިތުރުން ޕްރީ … Read more