އިންޑިޔާގެ ބީޖޭޕީގެ އިސްތަރުޖަމާނު، ކައު އިތުރު މާތް ނަބިއްޔާ ﷺ އަށް ފުރައްސާރަކޮށް، ފާޅުގައި ބަދުބަސް ބުނެފައިވާތީ، އެކަން ކުށްވެރިކޮށް ރ.މަޑުއްވަރީ ކައުންސިލުން ނެރޭ ނޫސްބަޔާން

PR-308-2022-01   މާތްވެގެންވާ އިސްލާމް ދީނަށާއި، އަޅަމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށް، އެކަލޭގެފާނުގެ ކައިވެނިފުޅުތަކާއި ގުޅޭގޮތުން ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފަށް ދޮގު ވާހަކަ ދައްކައި، ތައުހީނުކޮށް ބަދުބަސްބުނެ، އިންޑިޔާގެ ވެރިކަންކުރާ ބީޖޭޕީގެ އިސްވެރިން ދައްކާފައިވާ ހަޑިމުޑުދާރު ވާހަކަތައް، މިކައުންސިލްގެ ފަރާތުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. މި ނުބައި ޢަމަލު މުޅި އިސްލާމީ އުއްމަތުން ކުށްވެރިކުރަމުން އަންނައިރުވެސް، އެކަމަށް ފަސްޖެހުމެއްނެތި އެބައިމީހުން ސޯޝަލް މީޑިއާއާއި އެނޫންވެސް ޕްލެޓްފޯމްތަކުގައި މާތް ނަބިއްޔާގެ ޒާތުފުޅަށް ނިސްބަތްކޮށް … Read more

މިރަށު މަސްޖިދުލް އަމާނާގެ މުދިމް މުޙައްމަދު މައުޖޫދު ވަޒީފާއިން ވަކިކޮށްފައިވާތީ، އެކަމާއި ގުޅިގެން ކައުންސިލުން ނެރޭ ނޫސްބަޔާން

  މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ މުވައްޒަފު، މިރަށު މަސްޖިދުލް އަމާނާގެ މުދިމް، އަލްފާޟިލް މުޙައްމަދު މައުޖޫދު ވަޒީފާއިން ވަކިކުރެއްވި ޗިޓް ވަނީ މިކައުންސިލަށް ލިބިފައެވެ. ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން މިރަށުގައި އުޅޭކަމަށްބުނެ ސަލާމަތީ ބާރުތަކުން 2019 ވަނަ އަހަރުގެ ފަހުކޮޅު މިރަށުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މައުޖޫދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާ ބަންދުކޮށްފައިވަނީ ކުޑަކުދިންތަކެއް ލައްވާ ބަންގިގޮވާ ނަމާދުކުރުވައި، އެކުދިންނަށް … Read more