ވަޒީފާގެ ފުރުޞަތު (ސްޕޯޓްސް ކައުންސެލަރ)

މަޤާމު: ސްޕޯޓްސް ކައުންސެލަރ މަޤާމުގެ ނަންބަރު: J-341663 ބޭނުންވާ އަދަދު: 1 (އެކެއް) މަޤާމުގެ ގިންތި: ދާއިމީ މަޤާމުގެ ރޭންކު: ޖީ. އެސް. 3 މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 ވަޒީފާ އަދާކުރަން ޖެހޭ ތަން: މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ މުސާރަ: -/4,465 ރުފިޔާ ސަރވިސް އެލަވަންސް: -/1,500 ރުފިޔާ އެހެނިހެން އެލަވަންސް: 1.       ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ 2.       ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސަވާފައިވާ އުސޫލުން … Read more

ވަޒީފާގެ ފުރުޞަތު (ފައިނޭންސް އޮފިސަރ)

ވަޒީފާގެ ފުރުޞަތު   މަޤާމު: ފައިނޭންސް އޮފިސަރ މަޤާމުގެ ނަންބަރު: J-290873 ބޭނުންވާ އަދަދު: 1 (އެކެއް) މަޤާމުގެ ގިންތި: ދާއިމީ މަޤާމުގެ ރޭންކު: އެމް.އެސް 2 މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2 ވަޒީފާ އަދާކުރަން ޖެހޭ ތަން: މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ، ރ.މަޑުއްވަރި މުސާރަ: 6295.00 ސަރވިސް އެލަވަންސް: 2000.00 އެހެނިހެން އެލަވަންސް: 1.       މަޤާމަށް ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން … Read more

އިރުގެ އަލިން ހަކަތަ އުފައްދާ މަޝްރޫޢުގެ މަޢުލޫމާތު ހިއްޞާކުރުން

އިރުގެ އަލިން ހަކަތަ އުފައްދާ މަޝްރޫޢާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިރަށުގައި 2022 އޮގަސްޓް 16 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:30 ގައި ފެނަކަ އިންސްޓިޓިއުޓްގެ ފަރާތުން ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިބައްދަލުވުމުގައި ރަށުގެ އެންމެހާ ރައްޔިތުން ބައިވެރިވެ، މިމަޢުލޫމާތުތައް ލިބިގަތުމަކީ މިކައުންސިލާއި ފެނަކަ އިންސްޓިޓިއުޓްގެ ވަރަށްބޮޑު އެދުމެކެވެ. މިބައްދަލުވުން އޮންނާނީ އިރުވެލި މާލަމުގައެވެ. މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބު

  ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން 2022 އޮގަސްޓް 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓާއި މި އިންތިޚާބާއި ގުޅޭގޮތުން ޢަމަލުކުރާނެ ގޮތުގެ ޢާއްމު އުސޫލު މިއިޢުލާނާއިއެކު ޢާއްމުކުރީމެވެ. މިއިންތިޚާބުގެ ވޯޓުލުން މަޑުއްވަރީގައި ކުރިއަށްދާނީ އިރުވެލި މާލަމުގައެވެ. މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ރ.މަޑުއްވަރީ ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ “ދުޅަހެޔޮ ހަށިހެޔޮ” ކަސްރަތު ޕްރޮގްރާމާއި ގުޅޭ!

ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި ކަސްރަތަށް އަހުލުވެރިކުރުވުމުގެ ގޮތުން މުޖުތަމަޢުގައި ހިމެނޭ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް، ސްޕޯޓްސް ކައުންސެލަރ މެދުވެރިކޮށް ހިންގާ “ދުޅަހެޔޮ ހަށިހެޔޮ” ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ރ.މަޑުއްވަރީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ … Read more

ލާމަރުކަޒީ ޤާނޫނުގައި ބަޔާންކުރާ ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުމާއި ގުޅޭ!

ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދުމަށްޓަކައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި، ކޮންމެ އަހަރެއްގެ ޖުލައި މަހު ބޭއްވުމަށް ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން 2022 ޖުލައި 28 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި އިރުވެލި މާލަމުގައި އޮންނާނެއެވެ. މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުމަށް މަޑުއްވަރީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ. ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އަޟްޙާ ޢީދު ނަމާދު ކުރުމާއި ގުޅޭ!

  1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދުކުރުން އޮންނާނީ މަސްޖިދުލް ޢުލާގައެވެ. ޢީދު ނަމާދަށް ވަޑައިގަންނަވާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ. ވެހިކަލް ޕާކުކުރަން ކަނޑައަޅާފައިވާ ސަރަޙައްދުތަކުގައި ވެހިކަލް ޕާކުކުރުން. ކުރިން ވަޑައިގަންނަވާ ބޭފުޅުން ކުރީ ސަފުތައް ފުރަމުން ގެންދިއުން. ހެނދުނުގެ ސަޔަށް ގެންނަ ތަކެތި، ޢީދު ނަމާދަށް ވަޑައިގަންނަވާއިރު ހިފައިގެން އައުން. އެސަރަޙައްދުގައި، ކައުންސިލާއި އ.ތ.މ ކޮމިޓީ އަދި މިސްކިތު މުވައްޒަފުންނާއި، ފުލުހުންގެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުން ޢީދު ދުވަހުގެ ޢީދު ނަމާދާއި، … Read more

މަސްޖިދުލް ޢުލާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ޕްރޮޖެކްޓް ނަންބަރު PRO/308/2022/06 މަސްޖިދުލް ޢުލާ މަރާމާތުކުރުމަށް ކުރި މިކައުންސިލްގެ ނަންބަރު (IUL)308/2022/35 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ރަޖިސްޓްރީކޮށްފައިނުވާތީ އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ. ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މަސްޖިދުލް ޢުލާގެ ވަށާ ފާރާއި މިސްކިތުގެ އެތެރެއާއި ބޭރު ފާރުތަކާއި އިސްކުރުބަރީގެ އެތެރެއާއި ބޭރު ފާރުތަކާއި މުންނާރުގައި ކުލަލުން. މިސްކިތުގެ އެތެރެއާއި ބޭރު ސީލިންގ އަދި އިސްކުރުބަރީގެ ސީލިންގގައި އިންޓީރިއަރ މޮޅު ހުދުކުލަލުން. … Read more

މަސްޖިދުލް ޢުލާ މަރާމާތުކުރުން

ޕްރޮޖެކްޓް ނަންބަރު PRO/308/2022/06   ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.   މަސްޖިދުލް ޢުލާގެ ވަށާ ފާރާއި މިސްކިތުގެ އެތެރެއާއި ބޭރު ފާރުތަކާއި އިސްކުރުބަރީގެ އެތެރެއާއި ބޭރު ފާރުތަކާއި މުންނާރުގައި ކުލަލުން. މިސްކިތުގެ އެތެރެއާއި ބޭރު ސީލިންގ އަދި އިސްކުރުބަރީގެ ސީލިންގގައި އިންޓީރިއަރ މޮޅު ހުދުކުލަލުން. ކުލަ ކޯޑުތައް: ފާރުތަކުގެ ކުލަ  (243,228,206,255)  rgba     #f3e4ce hex ތަނބުތަކުގެ ކުލަ   (227,213,194,255)  rgba     #e3d5c2 hex ތަނބުބުޑުތަކުގެ ކުލަ (204,176,152,255) … Read more

ކައުންސިލްގެ އިދާރާ މަރާމާތުކުރުން

މިމަސައްކަތްތައްކުރުމަށް ކުރި މިކައުންސިލްގެ ނަންބަރު (IUL)308/2022/24 އިޢުލާނާއި ގުޅިގެން އެންމެ ފަރާތަކުން ބިޑްކޮށްފައިވާތީ އާއި އެބިޑްވެސް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ދެވަނަ އިޢުލާން ކުރަމެވެ. ކައުންސިލްގެ އިދާރާގައި ކުރަންހުރި، ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތްކުރާނީ މިއިޢުލާނުގައިވާ މަޢުލޫމާތާއި ކުރެހުންތަކާއި ނަމޫނާތަކާއި އެއްގޮތަށެވެ.   ކައުންޓަރ އޭރިއާ: ދެކުނު ފާރާއި (13 x 11 ފޫޓް)، ހުޅަނގު ފާރު (13 x 11 ފޫޓް) ން … Read more