މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ދީނީ ދަރުސް ދިނުމާއި ގުޅޭ


މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އަދި ރ.މަޑުއްވަރީގެ ބައެއް މުއައްސަސާތައް ގުޅިގެން މިރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދީނީ ދަރުސް ދިނުމާއި، ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއް މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށްވަނީ ރޭވިފައެވެ. މިރަށުގައި ދިރިއުޅޭ ކުދި ބޮޑު އެންމެހާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މިޕްރޮގްރާމް ރޭވިފައިވާ ގޮތް ތިރީގައި މިވަނީއެވެ.

ތާރީޚް

ގަޑި

ތަން

މަޢުޟޫ

ދަރުސް ދެއްވާނީ:

1 ޖަނަވަރީ (ބުދަ)

މަޣްރިބް ނަމާދަށްފަހު

މަސްޖިދުލް ޢުލާ

ދުނިޔެއަށް ފޮނުވުނު މަޤްޞަދު

އައްޝައިޚް ނަޞްރުﷲ ޢަލީ

2 ޖަނަވަރީ (ބުރާސްފަތި)

ޢަޞުރު ނަމާދަށްފަހު

މަސްޖިދުލް ޢުލާ

ޙަޔާތުގެ ދަތުރު

އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު

މަޣްރިބް ނަމާދަށްފަހު

މަސްޖިދުލް އަމާނާ

ނަމާދު

އައްޝައިޚް އަޙްމަދު ފަހުމީ ދީދީ

3 ޖަނަވަރީ (ހުކުރު)

ޢަޞުރު ނަމާދަށްފަހު

މަސްޖިދުލް ޢުލާ

ދަރިން ތަރުބިއްޔަތު ކުރުން

އައްޝައިޚް އަޙްމަދު ފަހުމީ ދީދީ

މަޣްރިބް ނަމާދަށްފަހު

މަސްޖިދުލް އަމާނާ

ދުލުގެ އާފާތްތައް

އައްޝައިޚް ނަޞްރުﷲ ޢަލީ

ރޭގަނޑު 8:30

ބޯޅަ ދަނޑު (މޫސުން ތަންދޭނަމަ)

1. ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތް

2. މުންކަރާތްތަކުން ދުރުހެލިވުން

3. ސުވާލާއި ޖަވާބު

އައްޝައިޚް ނަޞްރުﷲ ޢަލީ

އައްޝައިޚް އަޙްމަދު ފަހުމީ ދީދީ

އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު

މީގެ އިތުރުން، މިތިން ދުވަހުގެ ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި، ޝެއިޚުން އެކިއެކި ސަރަޙައްދުތަކަށް ޒިޔާރަތްކުރުމަށްވެސް ވަނީ ރޭވިފައެވެ. މިޒިޔާރަތުގައި މިރަށުގައި ދިރިއުޅޭ ފަރާތްތަކާއި ބައްދަލުކޮށް، ދީނީގޮތުން އޮޅުންފިލުވަން ބޭނުންވާ ކަންކަން އޮޅުންފިލުވައިދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

ހަމައެއާއެކު، ދީނީ ގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމާއި، އޮޅުންއަރާ ކަންކަން އިތުރަށް ސާފުކުރުމަށް ޝެއިޚުންނާއި ވަކިން ބައްދަލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 7709960 އަށް ގުޅުއްވައި ނަންނޯޓު ކުރެއްވުމުން، އެފުރުޞަތުވެސް (އިންޝާﷲ) ލިބިގެންދާނެ ވާހަކަ ދަންނަވަމެވެ.

އެހެންކަމުން ވީހާވެސް ގިނަ ބޭފުޅުން މިދަރުސްތަކުގައި ބައިވެރިވެ ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

01 ޖަނަވަރީ 2020