މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ރ.މަޑުއްވަރީ ކައުންސިލުން ހިންގުމަށް ހަމަޖެހިފަވާ ކަސްރަތު ޕުރޮގްރާމްއާއި ބެހޭ


ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށްޓަކައި ކަސްރަތަށް އަހުލުވެރި ކުރުވުމުގެ ގޮތުން މުޖުތަމަޢުގައި ހިމެނޭ ހުރިހާ ޢުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް، ސްޕޯޓްސް ކައުންސެލަރުން މެދުވެރިކޮށް ހިންގާ “ދުޅަހެޔޮ ހަށިހެޔޮ” ޕުރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ވީމާ، މިޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ލިބެންހުންނާނީ ރ. މަޑުއްވަރީ ކައުންސިލްގެ އިދާރާއިންނެވެ.

06 ޖަނަވަރީ 2020