މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

އިޖުތިމާޢީ ޞަރަޙައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް


މިރަށު އިޖުތިމާޢީ ޞަރަޙައްދުގެ ގޮތުގައި ކަނޑައެޅިފައިވާ ބިންތައް އަމިއްލަ ތަކެތީގައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރައްވާ ބިޑު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ތަފްޞީލްތާރީޚްގަޑިތަން
މަޢުލޫމާތު ސާފުކުރުން27 ޖަނަވަރީ 2020 ، ހޯމަ13:00ކައުންސިލް އިދާރާގެ މީޓިންގރޫމް
ބިޑު ހުށަހެޅުން30 ޖަނަވަރީ 2020 ، ބުރާސްފަތި13:00ކައުންސިލް އިދާރާގެ މީޓިންގރޫމް

 

މަޢުލޫމާތު ސާފުކޮށް ބީލަން ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ. ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6580026 އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

20   ޖަނަވަރީ 2020