މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 – ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ގުރުއަތުނެގުން


4 އޭޕްރިލް 2020 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ރ.މަޑުއްވަރީން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމާއި ކެނޑިޑޭޓު ނަންބަރު ގުރުއަތުނެގުމަށް ހަމަޖެހިފައިވަނީ 2020 މާރިޗު 4 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އިރުވެލި މާލަމުގައެވެ.

އެހެންކަމުން، އިންތިޚާބުގައި ވާދަކުރެއްވުމަށް ރ.މަޑުއްވަރީން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެންދެއްވުން އެދެމެވެ. ކެނޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެނޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ނަމާއި އެޑްރެސް އަދި އައިޑީކާޑު ނަންބަރު ބަޔާންކޮށް، ކެނޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުން އެދެމެވެ. ގުރުއަތުލުން ކުރިއަށްދާނީ، އާންމުކޮށް ހުޅުވާލައިގެން ކަމަށްވާތީ، ހޯލުގައި ޖާގައޮތް މިންވަރަކުން އާންމުންނަށް ބައިވެރިވެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

3 މާރިޗު 2020