މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން


ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއަކީ މުޅިދުނިޔެއަށް ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ކަނޑައަޅާފައިވުމާއި އެކު ރާއްޖެއަށް މިބަލީގެ ނުރައްކާ އޮތް މިންވަރު ވަޒަންކޮށް ޢާއްމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެދަށުން މިނިސްޓަރ އޮފް ހެލްތުން މިހާރު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިޢުލާން ކޮށްފައެވެ. އަދި ރަށުފެންވަރުގައާއި އަތޮޅުފެންވަރުގައި އެޅެންހުރި  ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވަނީ އަންގާފައެވެ.

މިގޮތުން  ގިނަ މީހުން އެއްކޮށްގެން ބާއްވާ އެއްވުންފަދަ އެއްވުންތައް ކޮންމެހެން ބާއްވަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ނުބޭއްވުމަށާއި ޢާއްމު ޕާކްތަކާއި ކުޅިވަރު ދަނޑުތަށް ފަދަ ތަންތަން ބަންދު ކުރުމަށާއި ހުންއައިސް ރޯގާޖެހިފައި ތިބޭމީހުން ނުނިކުމެ ގޭގައި މަޑުކުރުމަށާއި އަތޮޅުގެ އެއްރަށުން އަނެއްރަށަށް ނުގޮސް ނުވާވަރުގެ މުޙިއްމު ބޭނުމެއް އޮވެގެން ނޫނީ ދަތުރު ނުކުރުމަށް ވަނީ އަންގާފައެވެ.

ވީމާ މިވަގުތަށް ކޮންމެހެން ކުރުން ލާޒިމުނޫން ދަތުރުތައް ނުކުރުމަށާއި އަސާސީ ބޭނުންތަކަށް ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި ނުދިޔުމަށް އިލްތިމާސް ކުރަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

15 މާރޗް 2020