މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ކޮވިޑް-19 އާއި ގުޅިގެން ރަށުގައި ހިންގާ ހޮޓާތަކާއި ރެސްޓޯރަންޓްތަކުގެ ވެރިފަރާތްތަކުން ޑައިން-އިން ޚިދުމަތްތައް މެދުކަނޑާލިކަން އެންގުން


ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާއި ގުޅިގެން މާލޭ ސަރަޙައްދުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުން ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެން ޚިދުމަތްތައް މިރޭގެ 12:00 ން ފެށިގެން ހުއްޓާލުމަށް އެޗް.ޕީ.އޭގެ ފަރާތުން ވަނީ އަންގާފައެވެ.

މިދެންނެވި އެންގުމަކީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހިމެނޭ ތަންތަނަށް އެންގި އެންގުމަކަށް ވީނަމަވެސް، މިރަށުގައި މިފަދަ ޚިދުމަތްދޭ ފަރާތްތަކުގެ އަމިއްލަ އިސްނެގުމަށް، އެފަރާތްތަކުގެ ފަރުދީ ޒިންމާއެއްގެ ގޮތުން 2020 މާރިޗު 21 (މިރޭ) ގެ 12:00 ން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 12:00 އާއި ހަމައަށް، ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެން ޚިދުމަތްތައް ދިނުން ހުއްޓާލާނެކަމަށް ވަނީ ދަންނަވާފައެވެ.

މިއީ މިފަދަ ދަނޑިވަޅެއްގައި ވިޔަފާރިކުރާ ފަރާތެއްގެ ހައިޘިއްޔަތުން، މީހުން ބޭރަށް ނިކުމެ އުޅުން މަދުކުރުމަށް ބާރުއެޅުމުގެ ގޮތުން، އެފަރާތްތަކުން ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެކެވެ. އަދި މިރަށުގައި ހޮޓާ ރެސްޓޯރަންޓް ހިންގާ ފަރާތްތަކުން މިފަދަ ނިންމެވުމެއް ނިންމިކަމަށްޓަކައި، މިރަށުގެ ރައްޔިތުންގެ ނަމުގައާއި ކައުންސިލްގެ ނަމުގައި އެފަރާތްތަކަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ.

21 މާރިޗް 2020