މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ފަޅުތެރޭ ދާޖަހައިގެން މަސް ހިފުން ހުއްޓާލަން އެންގުން


ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅަށް ވަދެފައި އޮންނަ މުށިމަސްގަނޑުގައި ދާއަޅައިގެން މަސްހިފުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހެދިފައިވާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤަވާޢިދުގެ 2. ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެމަތިން މަނާކަމެކެވެ.

އެހެންނަމަވެސް، މިހާރަކަށްއައިސް ރަށުގެ ފަޅަށް ވަދެ އާލާވަމުންދާ މުށިމަސް، ދާޖަހައިގެން ހިފާކަމުގެ ޝަކުވާ ކައުންސިލަށް ދަނީ ލިބެމުންނެވެ. މަސްވެރިކަން ދަށް ދުވަސްވަރެއްގައި، މިފަދައިން ރަށުގެ ފަޅުގައި އޮންނަ މުށިމަސްގަނޑުގައި ދާޖެހުމުގެ ސަބަބުން، ރަށުގައި ޤާއިމްވެތިބޭ ރައްޔިތުންނަށް ލާގެންކާނެ އެއްޗެއް ހޯދުމަށް ގިނަގުނަ ދަތިތަކެއް ކުރިމަތިވަމުން އަންނަކަން އެންމެހާ ރައްޔިތުން ދަންނާނެއެވެ.

އެހެންކަމުން، މިކައުންސިލްގެ އިޙްތިޞާސް ހިނގާ ސަރަޙައްދުން ދާޖަހައިގެން މަސްހިފާ އުޅަނދުފަހަރާއި އެ އުޅަނދުފަހަރުގެ ވެރިންނާއި އެނޫންވެސް ފަރާތްތަކާއިމެދު ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤަވާޢިދުގެ ދަށުން ފިޔަވަޅުއަޅާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

09 އޭޕްރިލް 2020