މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

މަގުމައްޗަށާއި އާންމުތަންތަނަށް އެއްވެ ނުތިބުމަށް އެންގުން


ދިވެހިރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާއި ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަޅުއްވަމުން ގެންދަވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަށު ފެންވަރުގައި ތަންފީޒުކުރުމަށްޓަކައި މިރަށުގެ ޓާސްކްފޯހުން ވަނީ މަގުމައްޗަށާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓުވުމަށް ނިންމާފައެވެ.

އެގޮތުން މީހުން އެއްވެ ތިބުމަށް މަގުމަތީގައާއި އާންމުތަންތަނުގައި ބެހެއްޓިފައިވާ ޖޯލިފަތިތަކާއި އުނދޯލިތަކާއި ގޮނޑި ފަދަ ތެކެތި ގޯތި ތެރެއަށް ވެއްދުމަށާއި މީހުން އެއްވާގޮތަށް ބޭރުތެރެއަށް ނުނިކުތުމަށް އެންމެހާ ރައްޔިތުންނަށް އަންގަމެވެ. މިދެންނެވި ފަދައިން ބޭރަށް ނިކުމެ އުޅޭ ފަރާތްތަކުގެ ނަންނޯޓުކުރުމާއެކު ގެއަށް ވަނުމަށް ނަޞޭޙަތްތެރި ވާނެކަމަށާއި، ތަކުރާރުވާނަމަ އެފަރާތްތަކުގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. އަދި މަގުމަތީގައާއި އާންމުތަންތަނުގައި ބެހެއްޓިފައިވާ ޖޯލިފަތިތަކާއި އުނދޯލިތަކާއި ގޮނޑި ފަދަ ތެކެތި ގޯތި ތެރެއަށް ނުވައްދާނަމަ، ޓާސްކްފޯހާއި ފުލުހުން ގުޅިގެން މިތަކެތި ނަގަމުންގެންދާނެ ވާހަކަވެސް ދަންނަވަމެވެ.

މިފަދަ ނުރައްކާތެރި ދަނޑިވަޅުގައި މިބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ގިނަގިނައިން ދުޢާ ދެންނެވުމަށް އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވާ ޙާލު، އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

21 އޭޕްރިލް 2020