މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ރަށުގައި ހުއްދަނެތި ފައިބަރގްލާސްގެ މަސައްކަތްތައް ކުރުން ހުއްޓުވުމާ ގުޅޭ!


ރަށުގެ އެކި ސަރަޙައްދު ތަކުގައި ފައިބަރގްލާސްގެ މަސައްކަތްތައް ކުރަމުންދާ ކަމުގެ ޝަކުވާތައް އަބަދުމެ މިކައުންސިލަށް އަންނަނީ ލިބެމުންނެވެ. ވަކިން ޚާއްސަކޮށް ދޯނިއެހެލާފައިވާ ސަރަޙައްދުތަކުގައި ޤަވާއިދާއި ޚިލާފަށް ފައިބަރގްލާސްގެ މަސައްކަތްތައް ކުރަމުންދާކަން މިކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ތަފާތު އެކިއެކި އުނދަގޫތައް ކުރިމަތިވާކަމުގެ ޝަކުވާ ލިބެމުންދާއިރު، އެމަސައްކަތުން އަރާ ކުނޑީގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތަކާއި ހަމުގެ ބަލިތަކާއި ކެންސަރު ބައްޔަށް މަގުފަހިވާކަމަށް ރަށުގެ ޞިއްޙީ މަރުކަޒާއި އެޗް.ޕީ.އޭ އިންވެސް ވަނީ ފާހަގަކޮށްފައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ދިވެހިރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއަކީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔަކަށްވާއިރު، ރަށުގައި އިތުރު ރޯގާތަކާއި، ބަލިތައް ފެތުރުން މިވަގުތަށް ކޮންޓްރޯލް ކުރުމަކީ ޞިއްޙީ ޚިދުމަތްތެރިންގެ މަސައްކަތް ލުއިކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ޤަބޫލުކުރަމެވެ.

އެހެންކަމުން، ހަރުގެ ހަދައިގެން ފައިބަރގްލާސްގެ މަސައްކަތްކުރުމަށް މިކައުންސިލުން ދޫކޮށްފައިވާ ކުލީ ބިންތަކުގެ ތެރެއިން، ހުއްދަ ހޯދައިގެން މިމަސައްކަތް ކުރާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން، ރަށުގެ އެއްވެސް ސަރަހައްދެއްގައި ފައިބަރގްލާސްގެ މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. އަދި މިއެންގުމާ ޚިލާފަށް ޢަމަލު ކުރަމުންދާ ފަރާތްތަކުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

21 އޭޕްރިލް 2020