މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ދުވަސްތަކުގައި ކައުންސިލްގެ އިދާރާ ހުޅުވުން


މިދުވަސްވަރަކީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ ދުވަސްވަރެއް ކަމަށްވާތީ، ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެދި އީމެއިލް މެދުވެރިކޮށް maduvvareeoffice@gmail.com އަށް ހުށަހެޅުއްވުން އެދެމެވެ.

އަދި މިދުވަސްތަކުގައި އޮފީސް ހުޅުވައިގެން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ތިރީގައިމިވާ ތާވަލުގައިވާ ގޮތުގެ މަތީން ކައުންސިލްގެ އިދާރާ ހުޅުވާފައި ހުންނާނެ ވާހަކަ ދަންނަވަމެވެ.

ކައުންސިލް އިދާރާ ހުޅުވާ ދުވަސްތަކާއި ގަޑިތައް
ދުވަސްތައްހޯމަދުވަސްބުދަދުވަސް
ގަޑިތައް10:30 ން 12:00 އަށް10:30 ން 12:00 އަށް

 

މިދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުގެ ވުޒާރާތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ތަންފީޒްކުރުމުގައި މިރަށުގެ ރައްޔިތުން ދެއްވަމުންގެންދަވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

25 އޭޕްރިލް 2020