މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

1441 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ


ކޯވިޑް-19 އާއި ގުޅިގެން މުޅިރާއްޖޭގެ އެއްރަށުން އަނެއްރަށަށް އަރައިފޭބުން މަނާކުރެވިފައިވާތީއާއި، ބައެއް ރަށްރަށް މޮނީޓަރިންގ ޙާލަތަށް ގެނެވިފައިވާތީ، މިޙާލަތުގައި ނަގުދު ފައިސާ ގެންގުޅުމާއި ގިނަމީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އެޗް.ޕީ.އޭ އިން އަންގަވާފައިވާތީ، ފިޠުރު ޒަކާތު ފައިސާ މިކައުންސިލަށް ނެގުމުގައި ޢަމަލުކުރާނޭގޮތް ތިރީގައި އެވަނީއެވެ.

1441 ވަނަ އަހަރުގެ ރަމަޟާންމަހު ފިޠުރު ޒަކާތު ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1441، 25 އޭޕްރީލް 2020 ން ފެށިގެން 28 ރަމަޟާން 1441، 21 މެއި 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެގޮތުން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިކައުންސިލްގެ ރެވެނިއު 1 އެކައުންޓަށެވެ. އަދި ފައިސާ ޖަމާކުރުމަށްފަހު ޖަމާކުރި ސްލިޕާއި ފައިސާ ދައްކާފައިވާ ގޮތުގެ ތަފްޞީލް ވައިބަރ ކުރެއްވުން އެދެމެވެ.

ފައިސާޖަމާކުރަންވީ އެކައުންޓް ނަންބަރު: 001-700482-7717 (1349 ރެވެނިއު 1)

ވައިބަރ ނަންބަރު:     7939355

ފިޠުރު ޒަކާތުގެ ގޮތުގައި ބޮލަކަށް ދައްކަވަންޖެހެނީ 2.4 ކިލޯގެ ހަނޑުލުގެ ނުވަތަ ފުށުގެ އަގަށްވާ ފައިސާއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ބޮލަކަށް ދައްކަވަންޖެހޭ ޢަދަދު ތިރީގައި މިވަނީއެވެ.

އާދައިގެ  ހަނޑޫތައިލެންޑް  ހުދު ހަނޑޫބާސްމަތީ ހަނޑޫ (އާދައިގެ)ބާސްމަތީ ހަނޑޫ (މޮޅު)ރަތް ހަނޑޫއާދައިގެ ފުށްއާޓާ ފުށް
11.76ރ

(އެގާރަ ރުފިޔާ ހަތްދިހަ ހަލާރި)

60.00ރ

(ފަސްދޮޅަސް ރުފިޔާ)

78.00ރ

(ހަތްދިހަ އަށް ރުފިޔާ)

85.44ރ

(އަށްޑިހަ ފަސްރުފިޔާ ސާޅީސް ހަތަރުލާރި)

72.00ރ

(ހަތްދިހަ ދެ ރުފިޔާ)

9.36ރ

(ނުވަރުފިޔާ ތިރީސް ހަލާރި)

52.00ރ

(ފަންސާސް ދެ ރުފިޔާ)

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

25   އޭޕްރީލް   2020