މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބެހުމާގުޅޭ


1441 ވަނަ އަހަރު ރަމަޟާން މަހު ދިވެހި ރައްޔިތުންނަށް ބެހުމަށް ސައުދީ ޢަރަބިއްޔާ އިން ހަދިޔާ ކުރެއްވި ކަދުރުގެ ތެރެއިން މިރަށުގެ ގޭބިސީތަކަށް ބެހުމަށް ލިބިފައިވާ 118 ޕަކެޓް ކަދުރު ވަނީ މިކައުންސިލަށް ލިބިފައެވެ. ވީމާ، އިސްލާމިކް މިނިސްޓްރީއިން އަންގަވާފައިވާ ގޮތަށް މިރަށުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ 7 ގޭބިސީއަށް ދިނުމަށްފަހު ބާކީ ހުރި 111 ޕަކެޓް ކަދުރުން ރަށުގެ ކޮންމެ ގެއަކަށް ޕެކެޓެއް ނުދެވޭނެތީ، ބަލާ އަންނަ ތަރުތީބުން ލިބިފައިވާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސިއަކަށް 1 ޕަކެޓްގެ އުސޫލުން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

ކަދުރު ދޫކުރުމަށް ހަމަޖެހިފައިވަނީ 2020 މެއި 12 ވަނަ ދުވަހުން ފެށިގެން 2020 މެއި 18 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 ން 13:00 އަށެވެ. ކަދުރު ދޫކުރާނީ ފުރަތަމަ އަންނަ ފަރާތަށް ފުރަތަމަ އިސްކަންދޭ އުސޫލުންނެވެ. ކަދުރު ބަލާ ވަޑައިގަންނަވާ ކޮންމެ މީހަކަށް ދުވާލަކަށް ދޫކުރާނީ 1 ގޭބިސީގެ ކަދުރު ޕެކެޓެވެ. ކަދުރު ބަލާ ވަޑައިގަންނަވާއިރު ބަލާ އަންނަ މީހާގެ އައިޑީކާޑު ގެންނެވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

11   މެއި   2020