މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ދަތުރުކުރުމުގެ ހުއްދަ ދޫކުރާ ގަޑިތަކަށް ބަދަލު ގެނައުން


ކޮވިޑް-19 އާއި ގުޅިގެން ޟަރޫރީ ބޭނުމެއްގައި ނޫނީ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކޮށްފައިވާތީ، ޟަރޫރީ ބޭނުމެއްގައި ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް މިހާރު ކަނޑައަޅާފައިވާ ތަނާއި ވަގުތުތަކަށް ބަދަލު ގެނެއުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިދުވަސްވަރު ގަދަވަޔާއެކު ވިއްސާރަކުރަމުންދިއުމުގެ ސަބަބުން، އުތުރު ފަރާތު ބަނދަރުގައި ހަދާފައިވާ ސޯޝަލް ސަޕޯޓު ޑެސްކުން މިޚިދުމަތް ދިނުމަކީ އެންމެ ރައްކާތެރި ކަމަކަށް ނުވާނެތީ، 2020 މޭ 17 ވާ އާދިއްތަ ދުވަހުން ފެށިގެން ދަތުރު ކުރުމުގެ ހުއްދަ ދޫކުރާނީ ކައުންސިލް އިދާރާގެ ކައުންޓަރުން ކަމުގައި ދަންނަވަމެވެ.

އަދި މިޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު 1:00 ން 2:00 އާއި ދެމެދު އަދި ރޭގަނޑު 8:30 ން 10:00 އާއި ދެމެދު ކަމުގައި ދަންނަވަމެވެ. މިނޫން ވަގުތުތަކުގައިވެސް، އިމަރޖެންސީ ޙާލަތްތަކުގައި ކުރަންޖެހޭ ދަތުރުތަކަށް ހުއްދަ ހޯދަންޖެހިއްޖެނަމަ، ސޯޝަލް ސަޕޯޓު ޑެސްކުގެ ހޮޓްލައިން 7709960 އާއި ގުޅުއްވުން އެދެމެވެ.

މިފަދަ ނުރައްކާތެރި ދަނޑިވަޅުގައި މިބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ގިނަގިނައިން ދުޢާ ދެންނެވުމަށް އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވާ ޙާލު، އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

16  މޭ   2020