މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

މާލެ ސިޓީން ރަށަށް އައި މީހުން ގޭގައި ކަރަންޓީނުވުން


ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދުގައިވާ ޙާލަތުގައި މާލެ ސިޓީން ރަށްރަށަށް އަންނަ މީހުން ގޭގައި ކަރަންޓީނުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން ރ.މަޑުއްވަރިއަށް އައުމަށް ނަންނޯޓުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 4 ފަރާތެއް މިއަދު (2020 ޖޫން 19 ވަނަ ދުވަހު) މާލެ ސިޓީން މަޑުއްވަރިއަށް ދަތުރުކޮށްފައިވެއެވެ. އަދި މިފަރާތްތައް ކަރަންޓީނުވެފައިވާ ގޭގެ އެޑްރެހަކީ ޝަބާބު/ ރ.މަޑުއްވަރި އެވެ.

އެހެންކަމުން، މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ނުވަތަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަކި ގޮތަކަށް އަންގަންދެން، މަތީގައި ބަޔާންކޮށްފައިވާ ގެއަށް އެޗް.ޕީ.އޭގެ އުޞޫލާއި ޚިލާފަށް އެއްވެސް މީހަކު ވަދެ ނިކުމެ އުޅުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19   ޖޫން 2020