މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ފަޤީރުންގެ ދަފްތަރަށް އުނިއިތުރު ގެނައުން


1440 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު ރިވިއުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދަނީ ކުރަމުންނެވެ. އެގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު މިއަދުން ފެށިގެން 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިފުރުޞަތުގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކުރަން ހުށަހަޅަންޖެހޭނީ މިއަހަރުގެ ރަމަޟާން މަހު ފިތުރު ޒަކާތް ބަހާފައިވާ ފަޤީރުންގެ ދަފްތަރުގައި ނުހިމެނޭ ފަރާތްތަކެވެ. އަދި ޙާލަތު ބަދަލުވެގެން، ދަފްތަރުން އުނިވާން އެދޭ ފަރާތްތަކުން ނުވަތަ ދަފްތަރުކޮށްފައިވާ ރަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަން ސިޓީއަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ މިއިދާރާގައި، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:15 އިން 14:00 ށް އަދި 2020 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

06   ޖުލައި  2020