މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ދެކުނު ފަރާތު ބަނދަރު ހަދަމުންދާ ސަރަޙައްދު ހުސްކުރުން


ރަށުގެ ދެކުނު ފަރާތުގައި ތަރައްޤީ ކުރަމުންގެންދާ ބަނދަރުގެ މަސައްކަތުގެ ތެރެއިން ހިއްކާފައިވާ ސަރަޙައްދާއި، ކޮނެފައިވާ ފަޅުތެރޭގައި ހުރި ތަކެތި ނަގައި ހުސްކޮށްދިނުމަށް އެމް.ޓީ.ސީ.ސީގެ ފަރާތުން ވަނީ މިކައުންސިލްގައި އެދިފައެވެ.

އެހެންކަމުން، ދެކުނު ފަރާތު ބަނދަރު ހެދުމަށް ކޮނެފައިވާ ފަޅުތެރޭގައި އަޅާފައިވާ އެންމެހާ އޮޑިދޯނިފަހާރައި، މިމަސައްކަތުގެ ތެރެއިން ހިއްކާފައިވާ ސަރަޙައްދަށް އެހެލާފައިވާ އޮޑިދޯނިފަހަރާއި، ބަހައްޓާފައިވާ މަސްއަށިތަކާއި އެނޫންވެސް ތަކެތި 2020 އޮގަސްޓު 12 ވަނަ ދުވަހުގެ  ނިޔަލަށް ނަންގަވައި ހުސްކޮށްދެއްވުން އެދެމެވެ. މިމަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

10 އޮގަސްޓު 2020