މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

މަގުބައްތިތަކާއި ބަނދަރު ބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން


މިކައުންސިލްގެ ބެލުމުގެދަށުގައިވާ މަގުބައްތިތަކުގެ ތެރެއިން މަރާމާތުކުރަންޖެހޭ ބައްތިތައް މި އިދާރާއިންތަކެތި ދިނުމުން މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތަކުން މަސައްކަތުގެ މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލްތާރީޚްގަޑިތަން
މަޢުލޫމާތު ސާފުކުރުން27 އޮގަސްޓް 2020، ބުރާސްފަތި13:00ކައުންސިލް އިދާރާގައި
ބީލަން ހުށަހެޅުން01 ސެޕްޓެމްބަރ 2020، އަންގާރަ13:00ކައުންސިލް އިދާރާގައި

މަސައްކަތުގެ މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމަށް ރަޖިސްޓްރީ ކޮށްފައިނުވާ އެއްވެސް ފަރާތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި “މަގުބައްތިތައް މަރާމާތުކުރުމާއިގުޅޭ” މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

23 އޮގަސްޓު 2020