މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ކުޑަކުދިންގެ ޕާކުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުން


މިކައުންސިލާއި، މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ގުޅިގެން ތަރައްޤީކުރާ ކުޑަކުދިންގެ ޕާކުގެ ވަށާފާރު، މިކައުންސިލުންދޭ ކުރެހުމާއި އެއްގޮތަށް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތަކުން މަސައްކަތުގެ މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލްތާރީޚްގަޑިތަން
މަޢުލޫމާތު ސާފުކުރުން27 އޮގަސްޓް 2020، ބުރާސްފަތި13:30ކައުންސިލް އިދާރާގައި
ބީލަން ހުށަހެޅުން01 ސެޕްޓެމްބަރ 2020، އަންގާރަ13:30ކައުންސިލް އިދާރާގައި

 

މަސައްކަތުގެ މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމަށް ރަޖިސްޓްރީ ކޮށްފައިނުވާ އެއްވެސް ފަރާތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި ” ކުޑަކުދިންގެ ޕާކުގެ ވަށާފާރު ރޭނުމާއިގުޅޭ” މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

23 އޮގަސްޓު 2020