މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ފުޓްސަލްދަނޑު ބަންދުކުރުން


ފުޓްސަލްދަނޑު މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް އެއްބަސްވުމުގައި އެމަސައްކަތުގެ ކޮންޓްރެކްޓަރ އާއިއެކު މިއަދުވަނީ ސޮއިކޮށްފައެވެ.

ވީމާ، ފުޓްސަލްދަނޑުގެ މަރާމާތު މަސައްކަތްތައް ކޮށް ނިމެންދެން ދަނޑު ބަންދުކުރެވިފައިވާ ވާހަކަ، ދަނޑު ބޭނުންކުރައްވާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

27 އޮގަސްޓު 2020