މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)


މަޤާމްއެޑްމިނިސްޓްރޭޓިވް އޮފިސަރ  (ވަގުތީ)
ބޭނުންވާ ޢަދަދު1 (އެކެއް)
މަޤާމުގެ ގިންތިވަގުތީ (29 ސެޕްޓެމްބަރ 2020 އިން 08 ނޮވެމްބަރ 2020 އަށް)
މަޤާމުގެ ރޭންކްޖީ. އެސް. 4
މަޤާމުގެ ކްލެސިފިކޭޝަންއޮފިސަރ ގްރޭޑް 2
ވަޒީފާ އަދާކުރަންޖެހޭ އޮފީސްމާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ، ރ. މަޑުއްވަރި
އޮގަނައިޒޭޝަން ޔުނިޓްކޯޕަރޭޓް އެފެއާޒް ޔުނިޓް
މުސާރަ-/5,020  ރުފިޔާ
ސަރވިސް އެލަވަންސް-/1,500 ރުފިޔާ
އެހެނިހެން އެލަވަންސް1.       ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ

2.       ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

3.       ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

4.       ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް1.       އިދާރާއަށް ޖެމްސްއިން، މެއިލްއިން ނުވަތަ އެހެނިހެން ގޮތްގޮތުން ލިބޭ ލިޔެކިޔުންތައް އެންޓްރީ ކުރުމަށްފަހު ޔުނިޓްތަކަށް ފޮނުވުމާއި ޖެމްސްއަށް އަޕްލޯޑް ކުރަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑް ކުރުމާއި އަދި އިދާރާއިން ބޭރަށް ފޮނުވަންޖެހޭ ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

2.       އިދާރާއަށް ޚިދުމަތްހޯދަން އަންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ލިބިގަތުމަށް މަގުފަހިކޮށްދިނުމާއި ބައްދަލުކުރަން ބޭނުންވާ ފަރާތްތަކާއި ބައްދަލުވުމުގެ އިންތިޒާމް ހަމަޖައްސައިދިނުން

3.       އިދާރާއަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދިނުމާއި އަދި ކަމާ ގުޅުންހުރި މަޢުލޫމާތުތައް ފޯރުކޮށްދޭނެ ފަރާތްތަކަށް ފޯނު ޕާސްކުރުން

4.       އުފަންދުވަހުގެ ރަޖިސްޓްރީ އާއި އުފަންދުވަހުގެ ސެޓްފިކެޓް ހެދުމާއި ގޭގެ މީހުންގެ ރަޖިސްޓްރީ ހަދައިދިނުން

5.       ރަށުގެ އާބާދީ ލިޔެ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އާބާދީ ރިޕޯޓް މަހުންމަހަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

6.       ރަށުގެ ރަޖިސްޓްރީގައި ރަށްވެހިވެފައިވާ މީހުންނާއި ރަށްވެހިނުވެ ދިރިއުޅެމުންގެންދާ މީހުންނާއި އަދި ރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން

7.       ހުކުރު، ޢީދު، ކޭތަ ނަމާދު އިމާމުވެ ކުރުމަށް މީހުން ހަމަޖެއްސުމާއި އެ ނަމާދުގެ ޚުޠުބާ ޙަވާލުކުރުން

8.       މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުމާއި ވަޅުލުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އެހީތެރިވެދިނުމާއި ކަށުކަމާކެމީގެ ރިޕޯޓާއި މަރުވާ މީހުންނާއި ކުދިންގެ މަޢުލޫމާތު ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

9.       ކައުންސިލަށް ދިމާވާ ކުއްލި އެމެޖެންސީތަކާއި އެންމެން ޝާމިލްވާންޖެހޭ ޙާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން އަދި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

މަޤާމުގެ ޝަރުތުތައް1.       ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ‘ޑީ’ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ‘ސެކަންޑްރީ ސްކޫލް’ ނުވަތަ ‘ހަޔަރ ސެކަންޑްރީ ސްކޫލް’ ސެޓްފިކްޓް އިމްތިޙާނުގައި ‘ދިވެހި’ މި މާއްދާއިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުން އަދި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ،

2.       ‘މަތީ ސާނަވީ’ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ‘އީ’ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ‘ސެކަންޑްރީ ސްކޫލް’ ނުވަތަ ‘ހަޔަރ ސެކަންޑްރީ ސްކޫލް’ ސެޓްފިކްޓް އިމްތިޙާނުގައި ‘ދިވެހި’ މި މާއްދާއިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުން

ނުވަތަ،

3.       މަގާމުގެ މަސައްކަތާގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް1.       ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި ރ. މަޑުއްވަރީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2.       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ އެފަރާތެއް އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް

4.       ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5.       ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ،  ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ  މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.       ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

 

7.       ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

 

8.       މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
ދާއިރާބެލޭނެ ބައިތައްމާކްސްއިންސައްތަ (%)ކެޓަގަރީގެ ޖުމްލަ އިންސައްތަ
ތަޢުލީމާއި ތަމްރީންލިބިފައިވާ ތަޢުލީމް353540
މަސައްކަތުގެ ދާއިރާ އާއި ގުޅޭ ކުރު މުއްދަތުގެ ތަމްރީން305
އިމްތިޙާން“ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން”1255
މަސައްކަތު ތަޖުރިބާމަޤާމުގެ މަސައްކަތުގެ ދާއިރާ އާ ގުޅޭ ތަޖުރިބާ331010
ލިބިފައިވާ ހުނަރުއިންޓަވިއު /ޕްރެކްޓިކަލްސް1004545
ޖުމްލަ210100100

މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ސެޕްޓެމްބަރ 28 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@raamaduvvari.gov.mv މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތުމި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2020 ސެޕްޓެމްބަރ 28 ވަނަ ދުވަހު މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާގައެވެ.
ޝޯޓް ލިސްޓް ކުރުންމި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
“ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް)” އާއްމުކުރުންއިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި “ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް)” އާއްމުކޮށް ފެންނާނެހެން މިއިދާރާގައި ބެހެއްޓިފައި ހުންނާނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާއްމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުންމި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580026 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ info@raamaduvvari.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ “އައްޔަނުކުރުމުގެ އުޞޫލާގުޅޭ” (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

03 ޞަފަރު 1442

20 ސެޕްޓެމްބަރ 2020