މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ވަގުތީ ކުލީބިން ދޫކުރުން


މަސްކައްކާހިއްކުމުގެ މަސައްކަތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ރަށުގެ އިރު އުތުރު ސަރަޙައްދުން 6 ބިމެއް ކުއްޔަށް ދޫކުރަން ބޭނުންވެއެވެ.

ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 އޮކްޓޫބަރު 11 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 އޮކްޓޫބަރު 15 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބިޑު ހުށަހެޅުއްވުން އެދެމެވެ.

އެހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 އޮކްޓޫބަރު 2020