މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ވަގުތީ ކުލީބިން ދޫކުރުން


މަސްކައްކާ ހިއްކުމަށް ޚާއްޞަކޮށް ކުއްޔަށް ދޫކުރުމަށް އިޢުލާންކުރި ބިންތަކުގެ ތެރެއިން 585 ނަމްބަރު ބިމަށް އެއްވެސް ފަރާތަކުން ބިޑްކޮށްފައިނުވާތީ އަލުން އެބިމަށް އަގު ހުށަހެޅުމަށް ހުޅުވާލަމެވެ.

މިބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލްގެ ބިޑް ހުށަހަޅާފޯމް ފުރިހަމަކުރައްވައި 2020 ނޮވެންބަރު 10 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ބިޑް ހުށަހަޅުއްވާ ގަޑީގައެވެ.

ކުއްޔަށް ދޫކުރާ ބިންތަކާއިބެހޭ މަޢުލޫމާތު

  1. ބިން އޮތް ތަން: ރަށުގެ އިރުއުތުރު ކޮޅު.
  2. ބިމުގެ ބޮޑުމިން: 1800.00 އަކަފޫޓް.
  3. ބިމުގެ ބްލޮކް ނަމްބަރު: 585
  4. ބިން ކުއްޔަށް ދޫކުރާ މުއްދަތު: އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތު.
  5. ބިމުކުލީގެ ގޮތުގައި ހުށަހެޅޭ އެންމެ ދަށް އަގު: އަކަފޫޓަކަށް 60/0 (ފަސްދޮޅަސް ލާރި).
  6. މިބިމުގައި ކުރާނީ މަސްކައްކާ ހިއްކުމުގެ މަސައްކަތެއްވެ.
  7. މިބިންތަކުގެ ކުލި ނަގަންފަށާނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަސް ފަހުންނެވެ.
  8. މިބިމުގެ ކުލީގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 (އެކެއް) މަސްދުވަސްތެރޭގައި ބިމުގައި މަސައްކަތްކުރަން ފަށަންވާނެއެވެ.
  9. މަސްކައްކާ ހިއްކުމަށް ކުލީބިމެއް ނަގާފައިވޭ އެއްވެސް ފަރާތަކަށް މިބިމަށް ބިޑް ނުކުރެވޭނެއެވެ.

 

އަގު ހުށަހަޅަންވީ ގޮތް:

  • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  • އަކަފޫޓަކަށް ޖެހޭ އަގާއި ޖުމްލަ އަގު އެނގެން އޮންނަންވާނެއެވެ.
  • ބިޑު ހުށަހަޅަންވާނީ މިއިދާރާއިން ދޫކޮށްފައިވާ ބިޑު ހުށަހަޅާ ފޯމްގައެވެ.
  • ބިޑު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
  • ބިޑް އިވެލުވޭޓް ކުރާއިރު ބެންޗްމާރކްގެ ގޮތުގައި ބަލާނީ ހުށަހެޅިފައި އޮންނަ އެންމެ ބޮޑު އަގެވެ.
  • ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

 

“ބިން ކުއްޔަށް ހިފުމަށް އެދި “

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ރ. މަޑުއްވަރި، ދިވެހިރާއްޖެ

 

  • ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
  • ކުންފުނި/އިންވެސްޓްމެންޓް ނަމަ، މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
  • އަމިއްލަ ފަރުދެއްނަމަ އައިޑީކާޑް ކޮޕީ

 

  • މާކްސް ދެވޭގޮތުގެ ތަފްސީލު:
  1. މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
  • އަގު %85
  • ރ. މަޑުއްވަރީގެ މަސްދޯނިފަހަރުން ގަނޑުކޮށް މަސްގަންނަ ފަރާތްތަކަށް %15 (މިބަޔަށް ޕޮއިންޓް ލިބޭނީ، ބިޑް ހުށަހަޅާ ފަރާތަކީ، މަސްވެރިކަމަށް ރަޖިސްޓްރީކޮށްފައިވާ ދޯންޏަކުން، އެދޯންޏެއްގެ މަސްކިރުވާ/ގަންނަ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހެޅުމުންނެވެ.(
  1. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.

ނޯޓް: ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް azhar@raamaduvvari.gov.mv މެއިލްކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

02 ނޮވެމްބަރު 2020