މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

އެޑްމިނިސްޓްރޭޓިވް އޮފިސަރ


މަޤާމްއެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ނަންބަރުJ-221888
ބޭނުންވާ ޢަދަދު1 (އެކެއް)
މަޤާމުގެ ގިންތިދާއިމީ
މަޤާމުގެ ރޭންކްޖީ. އެސް. 3
މަޤާމުގެ ކްލެސިފިކޭޝަންއޮފިސަރ ގްރޭޑް 1
ވަޒީފާ އަދާކުރަންޖެހޭ އޮފީސްމާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ، ރ. މަޑުއްވަރި
އޮގަނައިޒޭޝަން ޔުނިޓްކޯޕަރޭޓް އެފެއާޒް ޔުނިޓް
މުސާރަ-/4,465 ރުފިޔާ
ސަރވިސް އެލަވަންސް-/1,500 ރުފިޔާ
އެހެނިހެން އެލަވަންސް1.       ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ

2.       ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

3.       ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

4.       ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައްމައިގަނޑު މަސައްކަތް

1.       ކައުންސިލުން އިންތިޒާމްކޮށް ބާއްވާ ޖަލްސާތަކާއި، ސެމިނާތަކާއި، ވޯކްޝޮޕްތައް އިންތިޒާމްކުރުމާއި، އިދާރާގައި ބާއްވާ ބައްދަލުވުންތަކާއި، ކައުންސިލްގެ ޖަލްސާތަކާއި ރައްޔިތުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

2.       ކައުންސިލް ބިޔުރޯގެ އެންމެހާ މަސައްކަތްތައް ކުރުން

3.       ރައްޔިތުންގެ ބައްދަލުވުމުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި ބައްދަލުވުމުގެ ރިޕޯޓް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން

4.       ބަޖެޓް އަދި ކައުންސިލް ބިޔުރޯގެ އެންމެހާ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން

5.       އިދާރާގެ ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި އިދާރާއަށް ހޯދަންޖެހޭ މެޝިނަރީއާއި ފަރުނީޗަރ އަދި ފިކްސްޗަރ އެންޑް ފިޓިންގްސް ހޯދުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން

6.       އިދާރާގެ ޔުނިޓްތަކަށް ބޭނުންވާ ތަކެތި ސްޓޮކުންނަގާ ޔުނިޓްތަކަށް ޙަވާލުކުރުމާއި، ސްޓޮކް ބާކީކޮށް ބެލެހެއްޓުމާއި، ހޯދާ ތަކެތި ސްޓޮކަށް ވައްދާ ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން

7.       އިދާރާއަށް ގަންނަންޖެހޭ ތަކެތީގެ އަގުބެލުމާއި ތަކެއްޗަށް އޯޑަރކުރުން

8.       ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ފޮޓޯ ނަގައިދިނުމާއި ކާޑު ހެއްދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން

9.       އިދާރާގައި ހުރި ބައުވެފައިވާ ތަކެތި ނައްތާލަން ކަނޑައެޅިފައިވާ އުޞޫލުގެމަތިން ނައްތާލުމާއި، ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމުގެ އެންމެހާ ކަންކަން ވެރިއެއްގެ ލަފާގެ މަތިންކުރުން

10.   އެކިއެކި މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމުގެ އިންތިޒާމް ހަމަޖެއްސުން

11.   ކޮންމެ މީލާދީ މަހެއްގެ 17 ވަނަދުވަހުގެ ކުރިން މުވައްޒަފުންގެ މުސާރަ ޝީޓްހަދާ، ޗެކްކުރަންޖެހޭ ފަރާތް ލައްވާ ޗެކްކޮށް އިދާރާގެ އެންމެ އިސް މުވައްޒަފުގެ ހުއްދަ ހޯދުމަށްފަހު ފޮނުވަންޖެހޭ މުއައްސަސާތަކަށް ފޮނުވުން

12.   ބިލް ރަޖިސްޓްރީ ހެދުމާއި އަޕްޑޭޓްކުރުން.

13.   ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފިޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން

14.   ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން

15.   ކައުންސިލަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްސަކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން އަދި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

 

މަޤާމުގެ ޝަރުތުތައް1.       ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ‘ޑީ’ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ‘ސެކަންޑަރީ ސްކޫލް’ ނުވަތަ ‘ހަޔަރ ސެކަންޑަރީ ސްކޫލް’ ސެޓްފިކެޓް އިމްތިޙާނުގައި ‘ދިވެހި’ މި މާއްދާއިން ދަށްވެގެން ‘ސީ’ ގްރޭޑް ލިބިފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް1.       ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ރ.މަޑުއްވަރީ ކައުންސިލްގެ ވެބްސައިޓުން އަދި ރ.މަޑުއްވަރީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2.       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް

4.       ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5.       ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ،  ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

6.       ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ

 

7.       ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ

 

8.       މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
ދާއިރާބެލޭނެ ބައިތައްމާކްސްއިންސައްތަ (%)ކެޓަގަރީގެ ޖުމްލަ އިންސައްތަ
ތަޢުލީމާއި ތަމްރީންލިބިފައިވާ ތަޢުލީމް353540
މަސައްކަތުގެ ދާއިރާ އާއި ގުޅޭ ކުރު މުއްދަތުގެ ތަމްރީން305
އިމްތިޙާން“ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން”1255
މަސައްކަތު ތަޖުރިބާމަޤާމުގެ މަސައްކަތުގެ ދާއިރާ އާ ގުޅޭ ތަޖުރިބާ331010
ލިބިފައިވާ ހުނަރުއިންޓަވިއު /ޕްރެކްޓިކަލްސް1004545
ޖުމްލަ210100100

މަޤާމަށް ޢައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ  45% (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 ޑިސެންބަރު 2020 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@raamaduvvari.gov.mv މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތުމި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 06 ޑިސެންބަރު 2020 އާއި 17 ޑިސެންބަރު 2020 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާގައެވެ.
ޝޯޓް ލިސްޓް ކުރުންމި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
“ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް)” އާއްމުކުރުންއިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި “ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް)” އާއްމުކޮށް ފެންނާނެހެން މިއިދާރާގައި ބެހެއްޓިފައި ހުންނާނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާއްމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުންމި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580025 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ info@raamaduvvari.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ “އައްޔަނުކުރުމުގެ އުޞޫލާގުޅޭ” (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

09 ރަބީޢުލްއާޚިރު 1442

24 ނޮވެންބަރު 2020