މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ވަގުތީ އިމާމު/މުދިމު، އަދި މަސައްކަތު މީހުންގެ ޕޫލް އެކުލަވާލުން


މިރަށުގެ މިސްކިތްތަކުގެ އިމާމުން، މުދިމުން އަދި މިސްކިތު މަސައްކަތު މީހުން ވަގުތީ ގޮތުން ގެންގުޅެންޖެހޭ ޙާލަތްތަކުގައި (ސަލާމްބުނުން، ޢާއިލީޒިއްމާ ޗުއްޓީއާއި އަހަރީ ޗުއްޓީނެގުމުން) ވޭޖުގެ އުޞޫލުން މަސައްކަތްކުރުމަށް 01 އަހަރުގެ މުއްދަތަށް ޕޫލެއް އެކުލަވާލަން ބޭނުންވެއެވެ. މިކަމަށް އެދޭ ފަރާތަކީ އިމާމު ނުވަތަ މުދިމު ކަމުގެ މަސްޢޫލިއްޔަތު (ފަރުޟު 5 ނަމާދު ވަގުތަށް ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން) ފުރިހަމައަށް އަދާކުރެވޭނެ ފަރާތަކަށް ވާންވާނެއެވެ. އަދި މަސައްކަތު މީހެއްގެ މަސްޢޫލިއްޔަތު އަދާކުރުމަށް ހުށަހަޅާ ފަރާތަކީ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓޭވަރުގެ މީހަކަށް ވާންޖެހޭނެއެވެ.

ވީމާ، މި ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ ވުމަށް ބޭނުންވާ މަޤާމް ބަޔާންކޮށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ.

ތިރީގައި އެވަނީ ވޭޖް/ ޕޫލް މަޤާމުތަކާއި ބޭނުންވާ ޢަދަދާއި އެމަޤާމުގެ އުޖޫރައާއި ޝަރުޠު އަދި ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލެވެ.

މަޤާމްޢަދަދުއުޖޫރަޝަރުޠު
އިމާމު ( (GS305އިމާމު ސަނަދުއޮތްނަމަ -/61 ނަމާދުކުރާ ވަގުތަށްމަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މުދިމު ކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ ހުކުރު ކުރުމުގެ ހުއްދަލިބިފައިވުން، ނުވަތަ ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުން
މުދިމު (GS1)މުދިމް ސަނަދުނެތްނަމަ -/53 ނަމާދުކުރާ ވަގުތަށްމަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސް ވެފައިވުން، ނުވަތަ ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން
މަސައްކަތު (SS1)05މަސައްކަތްކުރާ ގަޑިއަކަށް -/45 (ދުވާލަކު 5 ގަޑިއިރު)ލިޔަންކިޔަން އެގުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)
ހުށަހަޅަންޖެހޭ ލިޔުންތައް1.       ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް، ރ.މަޑުއްވަރީ ކައުންސިލްގެ ވެބްސައިޓް އަދި ރ.މަޑުއްވަރީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2.       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.       ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

5.       މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

6.       ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން

މި މަޤާމްތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 07 ޑިސެންބަރު 2020 އާއި 14 ޑިސެންބަރު 2020 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580025 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ info@raamaduvvari.gov.mv އަށެވެ.

26 ނޮވެންބަރު 2020