މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ބިން ސާފުކުރުން


އިޢުލާން

ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ބިން ސާފުކުރުން

މިރަށު ހުޅަނގު އުތުރުކަންމަތިން ބީޗްހެވަންގެ އުތުރުން ދެތަންޑިމާހިނގުމުގެ ހުޅަނގުން ގުދަންކުރުމަށް ޚާއްޞަކޮށް ކުއްޔަށްދޫކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ ބިމުގައި ހުރި ރުއްގަހާއި ލަކުނޑިއާއި ދަރާއި އެހެނިހެންވެސްތަކެތި ނަގައި ބިން ހުސްކުރަން ބޭނުންވެއެވެ. އެހެންކަމުން އެބިމުގައި އެއްވެސް މީހެއްގެ އެއްވެސް އެއްޗެއް ހުރިނަމަ، 2020 ޑިސެމްބަރ 22 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އެތަކެތި ނެގުމަށް އަންގަމެވެ. އަދި މިމުއްދަތުގައި ނުނަގާ އެބިމަށް ދޫކޮށްލާ ތަކެއްޗަކީ، ވެރިއަކު ނެތި ދޫކޮށްލާފައިވާ ތަކެތިކަމުގައި ބަލައި އެތަކެތި ނައްތާލުމުގެ މަސައްކަތް ކައުންސިލުން ކުރާނެވާހަކަ ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ބިން