މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

މަގުމައްޗަށްވާގޮތަށްހުރި ގަސްތަކުގެ އޮފިތައް ކޮށުމާއިގުޅޭ


އިޢުލާން

މަގުމައްޗަށްވާގޮތަށްހުރި ގަސްތަކުގެ އޮފިތައް ކޮށުމާއިގުޅޭ

މަޑުއްވަރީ ހެލްތު ސެންޓަރަށް އަލަށް ގެނައި އެމްބިއުލާންސަކީ އޭގެތެރޭގައި ފުރަތަމަ އެހީ އާއި ކުއްލި ފަރުވާދެވޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އެމްބިއުލާންސެކެވެ. ކުރިން މިރަށުގައި ދުއްވި އެމްބިއުލާންސަށްވުރެ މިއެމްބިއުލާންސް އުސްވެފައި ބޮޑުވާނެއެވެ. މިއެމްބިއުލާންސް ދުއްވުމަށް ރައްކާތެރި މާޙައުލެއް ޤާއިމްކޮށްދެއްވުމަށް ހެލްތު ސެންޓަރުން މިކައުންސިލްގައިވަނީ އެދިލައްވާފައެވެ.

ވީމާ، ރަށުގެ މަގުތަކާއި ގޯޅިތަކުގައި އިންދާ ހައްދާފައިވާ ގަސްތައްނެގުމަށާއި ބޮޑެތި ގަސްތަކުން މަގުމައްޗަށް އެލިފައިހުރި އޮފިތައް، ބިމުން ފެށިގެން ’10 (ދިހަފޫޓް) އާއި ހަމައަށް މައްޗަށް، މިއަދުންފެށިގެން 7 ދުވަހުގެތެރޭގައި ކޮށުމަށް ޢާއްމުކޮށް އެންމެހާ ރައްޔިތުންނަށް އަންގަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

.