މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ހުކުރުކުރުމާއި މުދިމްކަމުގެ ސަނަދާއި ޖަމާތްތެރިކަމުގެ ސަނަދުގެ އިމްތިޙާން ހެދުމާއިގުޅޭ


ހުކުރުކުރުމާއި މުދިމްކަމުގެ ސަނަދާއި ޖަމާތްތެރިކަމުގެ ސަނަދުގެ އިމްތިޙާން ހެދުމާއިގުޅޭ 

މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި މިކައުންސިލާއި ޑިޕަރޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން ގުޅިގެން މިރަށުގައި ބާއްވާ ތިރީގައި މިދަންނަވާ އިމްތިޙާނުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. ހުކުރުކުރުމުގެ ސަނަދުގެ އިމްތިޙާން
  2. މުދިންކަމުގެ ސަނަދުގެ އިމްތިޙާން
  3. ޖަމާތްތެރިކަމުގެ ސަނަދުގެ އިމްތިޙާން

މި އިމްތިޙާންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ޢާއްމުކޮށް އެންމެހާ ރައްޔިތުންނަށް ހުޅުވާލަމެވެ. އިމްތިޙާންތަކުގައި ބައިވެރިވުމަށް އެދޭ ފޯމް މަޑުއްވަރީ ސްކޫލުން ލިބެން ހުންނާނެއެވެ. އަދި އިމްތިޙާނުތަކަށް ދައްކަންޖެހޭ ފައިސާ ދައްކާނީ މަޑުއްވަރީ ސްކޫލަށެވެ.

ވިމާ، މިއިމްތިޙާނުތަކުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އިމްތިޙާނުތަކުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވައި، އިމްތިޙާނުތަކުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފައިސާ، މަޑުއްވަރީ ސްކޫލަށް ދެއްކެވުން އެދެމެވެ.