މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

މަގުތަކާއި ހުސްބިންތައް ބޭނުންކުރާނަމަ ހުއްދަ ހޯދުމަށް އިލްތިމާސްކުރުން


ރ.މަޑުއްވަރި

މިހާރަކަށް އައިސް ކައުންސިލްގެ ހުއްދަ ނެތި މަގު ބަންދުކޮށް، ހުސްބިންތަކާއި މަގުތަކާއި ގޯޅިތަކުގައި އެކިއެކި ޙަރަކާތްތައް ހިންގާކަންވަނީ ފާހަގަ ކުރެވިފައެވެ. އަދި މިކަމުގެ ޝަކުވާ މަގުހިނގާ މީހުންނާއި އެއްގަމު ދުއްވާ އުޅަނދުފަހަރުން މިކައުންސިލްގައިދަނީ ކުރަމުންނެވެ.

ވިމާ، މަގުތަކާއި ގޯޅިތަކާއި ހުސްބިންތަކުގައި އެއްވެސްކަމެއް ކުރަން ރާވާނަމަ، އެކަމެއް ކުރުމުގެ ތިންދުވަސްކުރިން މިކައުންސިލަށް ލިޔުމުން ހުށަހަޅައި އެކަމަކަށް ހުއްދަ ހޯދުމަށް އެންމެހާ ރައްޔިތުންނަށް ޢާއްމުކޮށް އަންގައި އިލްތިމާސްކުރަމެވެ. އަދި މިދެންނެވި ތަންތަނުގައި ޙަރަކާތެއް ހިންގާނަމަ އެތަނަކަށް ދެވިފައިވާ ޤަދަރާއި އިޙްތިރާމް ނުގެއްލޭނެފަދަގޮތަކަށް ކަންކަން ރާވާ އިންތިޒާމްކުރުމަށްވެސް ދަންނަވަމެވެ.

12 ޖަނަވަރީ 2021