މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ގައިންގަޔަށް ނާރާ ބަލިތަކުގެ މަޢުލޫމާތު އެއްކުރުމުގެ ސަރވޭއާއި ގުޅޭ


އިޢުލާން

ގައިންގަޔަށް ނާރާ ބަލިތަކުގެ މަޢުލޫމާތު އެއްކުރުމުގެ ސަރވޭއާއި ގުޅޭ 

ޑަބްލިޔު.އެޗް.އޯ އާއި އެޗް.ޕީ.އޭ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ހިންގާ ސަރވޭއެއް މިއަދުން ފެށިގެން ކުރިއަށް އޮތް ދެޙަފްތާގައި މިރަށުގައި ކުރިއަށްދާނެ ވާހަކަ ރައްޔިތުންގެ ސަމާލުމަށްޓަކައި ދަންނަވަމެވެ. މިސަރވޭއަކީ ގައިންގަޔަށް ނާރާ ބަލިތަކާއިގުޅޭ މަޢުލޫމާތު އެއްކުރުމުގެ ސަރވޭއެކެވެ. މިސަރވޭގައި މިރަށުގެ 66 (ފަސްދޮޅަސްހައެއް) ގެއަކުން މަޢުލޫމާތު ނެގުމަށްވަނީ ހަމަޖެހިފައެވެ. އަދި މި 66 (ފަސްދޮޅަސްހައެއް) ގެ ކަނޑައަޅާފައިވަނީ ވަކި ތަރުތީބެއްނެތި (ރެންޑަމްކޮށް) އެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އަދި މިސަރވޭގައި ޙަރަކާތްތެރިވެލައްވާ ފަރާތްތަކަށް ރައްޔިތުންގެ ފަރާތުން ދެއްވަންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދެއްވުން އެދެމެވެ.