މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުން


1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބެހުމަށްޓަކައި މުޅި ރާއްޖޭގެ ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ދަނީ ކުރަމުންނެވެ. އެގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެފުރުޞަތު މިއަދުން ފެށިގެން 21 މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

 

ނިމިދިޔަ އަހަރު ފަޤީރުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުންވެސް މިއަހަރު އަލުން އެކުލަވާލާ ދަފްތަރުގައި ނަން ހިމެނުމަށް ބޭނުންވެލައްވާނަމަ އަލުން ފޯމު ހުށަހަޅަން ޖެހޭނެއެވެ.

 

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ދޫކުރުން އޮންނާނީ މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:15 އިން 14:00 އަށް މަޑުއްވަރީ ކައުންސިލް އިދާރާގައެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ބަލައިގަތުން ކުރިއަށްދާނީ 2021 ފެބްރުވަރީ 21 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:15 އިން 13:30 ށް އަދި 2021 މާރިޗު 21 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.