މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

މަސައްކަތު (ޤަބުރުސްތާނާއި ހިނަވާގެ ބެލެހެއްޓުމަށް)


މަޤާމްމަސައްކަތު (ޤަބުރުސްތާނާއި ހިނަވާގެ ބެލެހެއްޓުމަށް)
ބޭނުންވާ ޢަދަދު1 (އެކެއް)
މަޤާމުގެ ގިންތިކޮންޓްރެކްޓް (01 އަހަރަށް)
ޖިންސްފިރިހެން
ވަޒީފާ އަދާކުރަންޖެހޭ ތަންރ. މަޑުއްވަރީ ކައުންސިލްގެ އިދާރާ
މުސާރަ3100.00 ރުފިޔާ
ސަރވިސް އެލެވަންސް1000.00 ރުފިޔާ
އިތުރު އިނާޔަތްތައް1.       ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2.       ރޯދަމަހު ރޯދަ އިނާޔަތުގެ ގޮތުގައި 3000.00 ރުފިޔާ ލިބޭނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް1.       ޤަބުރުސްތާނުގައި ހެދިފައިވާ ގަސްތަކާއި ވިނަތައް ނޮޅާ ސާފުކޮށް ބެލެހެއްޓުމާއި، ފާރުތަކާއި ލައިޓް ޕޯސްޓްތައް ސާފުކޮށް ބެލެހެއްޓުމާއި، ކުނިތައް އުކާލުން

2.       ހިނަވާގެ ބެލެހެއްޓުމާއި، ހިނވާގެ ކުނިކަހާ މޮޕްލާ، ފާރުތަކާއި ސީލިންގާއި އަށްޓާއި ކަބަޑުތަކާއި އޭސީއާއި މޭޒު އަދި އެނޫންވެސް ތަކެތިން ހިރަފުހާއި މަކުނުވާ ފޮޅާ ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން

3.       ޤަބުރުސްތާނާއި ހިނަވާގެ އިންވެގެންވާ މަގުތަކުގައި ހެދިފައިވާ ގަސްތަކާއި ވިނަތައް ނޮޅާ ސާފުކުރުމާއި، ކުނިތައް އުކާލުން

4.       ހިނެވުމަށް ބޭނުންކުރާ ތަކެއްޗާއި، ސަންދޯއް ޖެހުމަށް ބޭނުންކުރާ ތަކެއްޗާއި، މިނޫންވެސް މިކަމާއި ގުޅިގެން ބޭނުންކުރާ ތަކެތީގެ ސްޓޮކް ހުސްވިޔަނުދީ ބެލެހެއްޓުމާއި، ތަކެތި ހުސްވާން ކައިރިވުމުން، ކައުންސިލް މެދުވެރިކޮށް ތަކެތި ހޯދައި ބެލެހެއްޓުން

5.       ހިނަވާގޭގައި ބޭނުންކުރާ ހަރުމުދަލާއި، ވަޅު ކޮނުމާއި ވަޅުލުމަށް ބޭނުންކުރާ ސާމާނު ބެލެހެއްޓުމާއި، ހަލާކުވުމުން ނުވަތަ ބޭނުން ކުރުމަށް އުނދަގޫވާވަރު ވުމުން އެތަކެތި ކައުންސިލް މެދުވެރިކޮށް ހޯދައި ބެލެހެއްޓުން

6.       ޤަބުރުސްތާނުގެ ލައިޓްތަކާއި ހިނަވާގޭގައި ބޭނުންކުރާ ކަރަންޓު ސާމާނަށް ދިމާވާ ކުދިކުދި މައްސަލަތައް ޙައްލުކުރުމާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ހުރި އެފަދަ ކުދި މަރާމާތު މަސައްކަތްތަކުގައި އެހީތެރިކަމަށް އެދިއްޖެ ހިނދެއްގައި އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން

7.       ރަށުގައި މީހަކު ނިޔާވެއްޖެނަމަ، ހިނެވުމަށް ގެނައުމުގެ ކުރިންނާއި، ހިނެވުމުގެ ފަހުން ހިނަވާގެ ރަނގަޅަށް ސާފުކުރުމާއި، މައްޔިތާ ހިނެވުމާއި ކަފުންކުރުމާއި ކަށުނަމާދުކުރުމާއި ވަޅުލުމާއި ހަމައަށް ކައުންސިލުން ފޯރުކޮށްދޭންޖެހޭ ތަކެތި ފޯރުކޮށްދިނުމާއި ވަޅުލާ ނިމުމުން، ވަޅުކޮނުމުގެ މަސައްކަތަށް ދޫކުރި ސާމާނު ހަމަކޮށް ސާފުކުރުމާއި ރައްކާކުރުން

8.       މައްޔިތާ ވަޅުލުމަށް ވަޅުކޮނެދޭނެ މީހަކު ނުވެއްޖެ ޙާލަތެއްގައި ނުވަތަ ވަޅުކޮންނާނެ މީހުން މަދުވެއްޖެ ޙާލަތެއްގައި، އެކަމަށް ކައުންސިލުން އެދިއްޖެނަމަ، ވަޅުކޮނުމުގައި ބައިވެރިވުމާއި، ނިޔާވެފައިވާ ފިރިހެނަކު ހިނަވާނެ މީހަކު ނުވެއްޖެ ޙާލަތެއްގައި ނުވަތަ ހިނަވާނެ މީހުން މަދުވެއްޖެ ޙާލަތެއްގައި، އެކަމަށް ކައުންސިލުން އެދިއްޖެނަމަ، ހިނެވުމުގައި ބައިވެރިވުން

9.       ރަށުގައި ވާރޭފެން ރައްކާކުރުމަށް މިސްކިތްތަކުގައި ބެހެއްޓިފައިވާ ފެން ތާންގިތައް ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، ވާރޭނުވެހި ގިނަދުވަސް ވުމަށްފަހު ވާރޭވެހި ފެންނަގާއިރު ފުރާޅު ސާފުވަންދެން ފެން ބަންދުކުރުމާއި، ފުރާޅު ސާފުވުމުން ވޭލް ދޫކުރުމާއި، ފެންތާންގިތަކުގެ މަތިތަކާއި ފެން އެޅޭ ބަޔާއި ހޮޅިއަށް ކުނިނޭޅޭ ގޮތަށް އިންތިޒާމްކުރުމާއި އެތަންތަން ސާފުކުރުމާއި ބެލެހެއްޓުން

10.   ރަށުގެ މިސްކިތްތަކުގެ ވަޅުދިޔަ ހިއްކުމާއި، ބޮޑެތި ގަސްތަކުން މަގުމައްޗަށްވާ ބައި ކޮށުމަށާއި، ކުނިތައް އުކާލުމާއި ފުރާޅާއި ދިޔަދޮވި ސާފުކުރުމުގެ މަސައްކަތްތަކުގައި މިސްކިތު މުވައްޒަފުންނަށް އެހީތެރިވުން

11.   ކައުންސިލުން ކުރިއަށްގެންދާ ނުވަތަ ބައިވެރިވާ ރަށުގެ އިޖުތިމާޢީ މަސައްކަތްތަކުގައި ބައިވެރިވުމަށް އެދިއްޖެ ހިނދެއްގައި އެމަސައްކަތްތަކުގައި ބައިވެރިވުމާއި، ރަށުގެ މަގުތަކާއި، ގޯޅިތަކާއި ޖެޓީ ސަރަޙައްދު އަދި ކުޅިވަރުކުޅޭ ދަނޑުތަކާއި، ޕާކްތަކާއި، މުނިފޫހިފިލުވުމާއި ބެހޭ އެންމެހާ ތަންތަނާއި ރަށުގެ ބަނދަރާއި އެއްގަމު ތޮށްޓާއި ގޮނޑުދޮށާއި އެނޫންވެސް އިޖުތިމާޢީ ސަރަޙައްދެއްގައި ކުރަންހުރި މަސައްކަތެއް ކުރުމަށް ކައުންސިލުން އެދިއްޖެ ހިނދެއްގައި އެމަސައްކަތެއް ކުރުމުގައި ބައިވެރިވުން

12.   ރަށަށް ދިމާވާ އެކިއެކި ޤުދުރަތީ ކާރިޘާތަކާއި އެނޫންވެސް ހާދިސާތައް ކުރިމަތިވާ ވަގުތުތަކުގައި އެކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވުން

13.   ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން

14.   ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން

15.   ކައުންސިލަށް ދިމާވާ ކުއްލި ޙާލަތްތަކުގައި، އަދި އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ ޙަރަކާތްތަކާއި އެންމެން ޝާމިލްވާންޖެހޭ ކަންތައްތަކުގައި ފުރިހަމައަށް ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

 

މަޤާމުގެ ޝަރުތުތައް1.       ލިޔަންކިޔަން އެނގުން

2.       ފިރިހެނެއް ކަމުގައިވުން

(ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް1.       ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ރ. މަޑުއްވަރީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2.       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

3.       މީގެ ކުރިން މިފަދަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އަދާކުރި ވަޒީފާއާ މުއްދަތު އެނގޭނެހެން ވަޒީފާ އަދާކުރި އޮފީހުން/ފަރާތުން ދޫކޮށްފައިވާ ލިޔުން

4.       ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@raamaduvvari.gov.mv މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

(ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކްކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.)

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތުމި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 10 މާރިޗު 2021 އާއި 18 މާރިޗު 2021 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ގަޑިއާއި ތާރީޚް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އަންގާނެއެވެ. ވީމާ، މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވެވޭގޮތަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދުންމި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580025 ނަންބަރު ފޯނާއެވެ.
01 މާރިޗު 2021