މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ދިވެހި ރަޢްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާއިގުޅޭ


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނެތިގެން ވޯޓުލުމުގެ ޙައްޤު ރައްޔިތަކަށް ގެއްލިގެން ދިޔަނުދިނުމަށްޓަކައި، އިންތިޚާބުގައި ވޯޓު ދިނުމަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދަން ބޭނުންވާ ފަރާތްތަކުން މިހިނގާ މާރިޗު މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ ކުރިން ކާޑު ހައްދަން ހުށަހެޅުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ވަނީ އަންގަވާފައެވެ. އަދި މިތާރީޚުގެ ފަހުން ކާޑު ހައްދަން ހުށަހަޅާ ފަރާތްތަކަށް ކާޑުތައް ޙަވާލުކުރުމަށް ރަށްރަށަށް ފޮނުވާނުލެވިދާނެކަމަށްޓަކައި ވީއެންމެ އަވަހަކަށް ކާޑުހައްދަން ހުށަހެޅުމަށްވެސް އެފަރާތުން ވަނީ އަންގަވާފައެވެ.

ވީމާ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރުފަހު 13:15 އަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި އިންތިޚާބުގައި ވޯޓުދިނުމަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދަން ބޭނުންވާ ފަރާތްތަކުން ވީއެންމެ އަވަހަކަށް މިއިދާރާއަށް ދުރުވެ ކާޑު ހައްދަން ހުށަހެޅުމަށްވެސް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.