މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ވެރިފަރާތް ހޯދުމާއި ގުޅޭ


ރަށުގެ ހުޅަނގުއުތުރު ފަރާތު ހިއްކި ސަރަޙައްދުން ދޫކޮށްފައިވާ ފައިބަރު ހަރުގެތަކުގެ ތެރެއިން، ރ.މަޑުއްވަރީ ލިލީމާގެ، އާދަމް ޝިހާމަށް ދޫކޮށްފައިވާ 100 ފޫޓު x 25 ފޫޓު (ވަށައިގެން ޓިނުޖަހައިގެން ބައްދާފައިވާ) ހަރުގެއާއި އިންވެގެންވާ ހުސްބިންތަކާއި، އެސަރަޙައްދުގައި ހުރި ތިރީގައި މިދަންނަވާ ތަންތަނާއި ތަކެތީގެ ވެރިފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

  1. މަތީގައި ބަޔާންކޮށްފައިވާ ފައިބަރު ހަރުގެއާއި އިންވެގެން ހުޅަނގުން ޓްރަސް އަޅައި ހޮޅިޖަހައިގެން ހަދާފައިވާ ތަނާއި، އެތަނުގައި ހުރި އެންމެހާ ތަކެތި.
  2. މަތީގައި ބަޔާންކޮށްފައިވާ ފައިބަރު ހަރުގޭގެ އުތުރާއި އިރުމަތިންވާ ހުސްބިމާއި، ހުޅަނގުއަވަށު ސްޓޭޖް ސަރަޙައްދުގައި ހުރި އުޅަނދުފަހަރާއި މެޝިނަރީސްއާއި އެނޫންވެސް ތަކެތި.
  3. ރަށުގެ ބަށިކޯޓާއި އިންވެގެން، ބަށިކޯޓުގެ އިރުމަތީ ފެންސުގެ ދަގަނޑުތަކަށް ހިފައި ހޮޅިޖަހައިގެން ހަދާފައިވާ ތަން.

 

 

މިތަކެތީގެ ވެރިފަރާތެއްވާނަމަ، 2021 މާރިޗު 21 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން އެކަން މިކައުންސިލަށް އަންގަވައިދެއްވުން އެދެމެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.