މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ކޮވިޑް-19 އާ ގުޅިގެން އައިސޮލޭޝަންގައި އަދި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމާއި ގުޅޭ


 

10 އޭޕްރިލް 2021 ގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމެޓީގެ އިންތިޚާބުގައި، ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތްތަކާއި ކޮވިޑް-19 އާ ގުޅިގެން އައިސޮލޭޝަން ނުވަތަ ކަރަންޓީންގައި ތިބޭ ފަރާތްތައް ވޯޓުލުމުގައި އަމަލުކުރަންޖެހޭ ޢުޞޫލު އިލެކްޝަންސް ކޮމިޝަންގެ ފަރާތުންވަނީ ގެޒެޓްކޮށްފައެވެ.

 

މިއުޞޫލުގައި ބުނާގޮތުން ކަރަންޓީން ނުވަތަ އައިސޮލޭޝަންގައި ތިބޭ ފަރާތްތަކުގެ ތެރެއިން ވޯޓުލާން ބޭނުންވާ ފަރާތްތަކުން، ވޯޓުލުން ނިންމުމަށް ކަނޑައެޅިފައިވާ ގަޑީގެ 5 ގަޑިއިރުކުރިން އެމީހަކު ވޯޓުލާން ބޭނުންވާ ކަމުގެ މަޢުލޫމާތު ޓާސްކްފޯސް މެދުވެރިކޮށް ރަށުގެ އިލެކްޝަން ފޯކަލްޕޮއިންޓަށް އަންގަން ޖެހެއެވެ.

 

ވީމާ މިމަޢުލޫމާތު ޙިއްޞާ ކުރެއްވުމަށް ވޯޓުލާން ހަމަޖެހިފައިވާ ދުވަހުގެ ވޯޓުފޮށި ބަންދުކުރުމުގެ 5 ގަޑިއިރު ކުރިން ޓާސްކުފޯސްގެ ހޮޓްލައިން ނަންބަރު 7709960 އަށް ގުޅުއްވައި އެކަން އަންގަވައި ދެއްވުން އެދެމެވެ.

 

އަދި ކަރަންޓީން ނުވަތަ އައިސޮލޭޝަންގައި ތިބޭ ފަރާތްތަކުން ވޯޓުލާން އައުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދި ދެންނެވީމެވެ.

 

1- ވޯޓުލާން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު ޓާސްކުފޯސްއަށް ޙިއްޞާ ކުރުމުގައި ފުރިހަމަ ނަން، ދާއިމީ އެޑްރެސް، އައިޑީކާޑު ނަންބަރު، ކަރަންޓީން/ އައިސޮލޭޝަންގައި ހުރިތަން ހިއްސާ ކުރުން

 

2- ވޯޓުލާން އަންނައިރު ކާކުކަން އަންގައިދޭ ފަދަ ރަސްމީ ލިޔުމެއް ގެނައުމަށް ހަނދާންކުރުން.

 

3- ވޯޓުލާން އަންނައިރު އަމިއްލަ ގަލަމެއް ގެނައުން

 

4- އައިސޮލޭޝަން ނުވަތަ ކަރަންޓީނުގައި ތިބޭ ފަރާތްތައް ވޯޓުލާން ނިކުންނައިރު ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޗް.ޕީ.އޭގެ އުޞޫލާ އެއްގޮތަށް އެޅުން.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

 

09 އޭޕްރިލް 2021