މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ


1442 ވަނަ އަހަރުގެ ރަމަޟާންމަހު ފިޠުރު ޒަކާތު ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ރަމަޟާން 1442، 13 އޭޕްރީލް 2021 ން ފެށިގެން 29 ރަމަޟާން 1442، 11 މެއި 2021 ވާ އަންގާރަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓްރާންސްފަރ މެދުވެރިކޮށެވެ. އަދި ފައިސާ ޖަމާކުރުމަށްފަހު ޖަމާކުރި ސްލިޕާއި ފައިސާ ދައްކާފައިވާ ގޮތުގެ ތަފްޞީލް (ގޭގެނަމާއި މީހުންގެ އަދަދާއި ގޮވާމުގެ ބާވަތް) ވައިބަރ މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

ފައިސާޖަމާކުރަންވީ އެކައުންޓް ނަންބަރު: 001-700482-7717 (1349 ރެވެނިއު 1)

ވައިބަރ ނަންބަރު:      7939355

ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން އާންމުކޮށް ކައިއުޅުނު ބާވަތްތަކުން (ގޮވާމުން) އެރަށެއްގައި 2.4 ކިލޯއަށް ޖެހޭ މިންވަރެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ބޮލަކަށް ދައްކަވަންޖެހޭ ޢަދަދުތައް ތިރީގައި އެވަނީއެވެ.

އާދައިގެ  ހަނޑޫ

ތައިލެންޑް  ހުދު ހަނޑޫ

ރަތް ހަނޑޫ

ބާސްމަތީ ހަނޑޫ (އާދައިގެ)

ބާސްމަތީ ހަނޑޫ (މޮޅު)

ބާސްމަތީ ހަނޑޫ (އެންމެމޮޅު)

އާދައިގެ ފުށް

އާޓާ ފުށް

11.76ރ

(އެގާރަ ރުފިޔާ ހަތްދިހަ ހަލާރި)

54.86ރ

(ފަންސާސް ހަތަރު ރުފިޔާ އަށްޑިހަ ހަލާރި)

96.00ރ

(ނުވަދިހަ ހަރުފިޔާ)

66.40ރ

(ފަސްދޮޅަސް ހަރުފިޔާ ސާޅީސްލާރި)

86.40ރ

(އަށްޑިހަ ހަރުފިޔާ ސާޅީސްލާރި)

122.74ރ

(އެއްސަތޭކަ ބާވީސްރުފިޔާ ހަތްދިހަ ހަތަރުލާރި)

9.24ރ

(ނުވަރުފިޔާ ސައުވީސްލާރި)

60.24ރ

(ފަސްދޮޅަސް ރުފިޔާ ސައުވީސްލާރި)

 

ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.