މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ކޮވިޑް-19 އިން ރައްކާތެރިވުމަށް މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމާގުޅޭ


ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާއްމު ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ 34/2021 އެންގުމުން 5 މޭ 2021 ވަނަ ދުވަހުން ފެށިގެން، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުމުގައި ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ.

1. ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން. (މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުން)
2. ހުއްދައާއެކު ޒަރޫރީ ބޭނުންތައް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުމާއި، އެރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން (ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށުން އެހެންރަށްރަށައް ދަތުރުކުރާ ފަރާތްތައް 10 ދުވަހުގެ މުއްދަތަށް ކަރަންޓީންކުރުން)

އެހެންކަމުން، އެޗް.ޕީ.އޭގެ މިއެންގުމުގައި ބަޔާންކޮށްފައިވާ ގޮތުން މީހުންދިރިއުޅޭ ރަށްރަށަށް ޒަރޫރީ ބޭނުންތަކުގައި ދަތުރުކުރަންޖެހޭ ފަރާތްތަކުން ދަތުރު ހުއްދަ ނަންގަވައިގެން ދަތުރު ފެށުމަށް ދަންނަވަމެވެ. ދަތުރު ހުއްދަ ދޫކުރާނީ ތިރީގައިމިވާ ގަޑިތަކުގައި ކައުންސިލް އިދާރާއިންނެވެ.

ރަސްމީ ދުވަސްތަކުގައި:

ހެނދުނު 9:00 ން މެންދުރުފަހު 13:00 އަށް
ރޭގަނޑު 21:00 ން 23:00 އަށް

 

ބަންދު ދުވަސްތަކުގައި:

ރޭގަނޑު 21:00 ން 23:00 އަށް

 

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅުގައި މިބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ގިނަގިނައިން ދުޢާ ދެންނެވުމަށް އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވާ ޙާލު، އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

ނަންބަރު: (IUL)308/2021/31