މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

މިކައުންސިލްގެ 4 ވަނަ ދަޢުރުގެ ކައުންސިލަރުން ހުވާކުރުމާއި އ.ތ.މ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރުމުގެ ދަރުބާރާއިގުޅޭ


މިކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި، މަޑުއްވަރީ އ.ތ.މ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރުމުގެ ދަރުބާރު 2021 މެއި 17 ވާ ހޯމަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ދަރުބާރު އޮންނާނީ ދެންނެވިފައިވާ ތާރީޚުގެ ހެނދުނު 8:45 ގައި މިކައުންސިލްގެ އިރުވެލި މާލަމުގައެވެ. ކޮވިޑް19 ގެ މިހާލަތުގައި މިދަރުބާރު ބެއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. ދަރުބާރުގައި ބައިވެރިވެލައްވާނީ އިންތިޚާބީ ކައުންސިލާއި އ.ތ.މ ކޮމިޓީގެ އިންތިޚާބީ މެންބަރުންނާއި، ހިނގަމުންދާ ދައުރުގެ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާއި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނާއި ހުވާލައިދެއްވާ ފަނޑިޔާރެވެ.

ކައުންސިލްގެ ފޭސްބުޕް ޕޭޖުން މިދަރުބާރުގެ އަޑާއި މަންޒަރު ވަގުތުން ދުރަށް ދެއްކުމަށްވަނީ ހަމަޖެހިފައެވެ. ކައުންސިލްގެ ފޭސްބުކް ޕޭޖުގެ ލިންކް ތިރީގައި އެވަނީއެވެ.

https://www.facebook.com/Maduvvareeoffice/

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

ނަންބަރު: (IUL)308/2021/32