މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ނިޔަމި ކޯސް ހިންގުމާއިގުޅޭ


އެކެޑަމީ އޮފް އިންޓަނޭޝަނަލް މެރިޓައިމް އެންޑް މެނޭޖްމަންޓް ސްޓަޑީޒް އާއި މިކައުންސިލާއި ގުޅިގެން ނިޔަމިކަން ދަސްކޮށްދޭ ކޯހެއް ހިންގުމަށްވަނީ ނިންމާފައެވެ. މިކޯހަކީ ނިޔަމިކަމުގެ ސެޓްފިކެޓް ލެވަލް 2 ގެ ކޯހެކެވެ. ކޯހުގެ ޝަރުތަކީ ދިވެހި ބަހުން ލިޔަންކިޔަން އެނގުމާއިއެކު އެއްކޮށް ކަނޑާ ގުނަކުރަން އެނގުމެވެ.

2021 އޮގަސްޓް 25 ވާ ބުދަދުވަހު ފެށުމަށް ހަމަޖެހިފައިވާ މިކޯހުގެ މުއްދަތަކީ 30 (ތިރީސް) ގަޑިއިރެވެ. ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ އިރުވެލި މާލަމުގައެވެ.

ކޯހުގެ ނަންކޯހުގެ ފީއިދާރީ ފީ
ނިޔަމިކަމުގެ ސެޓްފިކެޓް ލެވަލް 21800.00200.00

ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވައި، ކޯހުގެ ފީ އާއި އިދާރީ ފީ އާއިއެކު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.