މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

ރައްޔިތުންނާއި މަޝްވަރާކުރުމާއި މައުލޫމާތު ދިނުމަށް ބާއްވާ ޓައުންހޯލް ބައްދަލުވުމާއި ގުޅޭ


default

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 1-107 ވަނަ މާއްދާގެ (ނ) ގައި ކޮންމެ ހަތަރު މަހަކުން އެއްފަހަރު ރައްޔިތުންނާއި ބައްދަލުކުރަންވާނެކަމަށް ބަޔާންކޮށްފައިވާތީ، މިއަހަރުގެ މެއި މަހުން އޮގަސްޓް މަހަށްވާ ހަތަރުމަހުގެ ބައްދަލުވުން މިމަހުގެ 21 ވާ ހޮނިހިރު ދުވަހުގެރޭ 21:00 ގައި އިރުވެލި މާލަމުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

 

މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް ތިރީގައި މިވަނީއެވެ.

 

1އަލަށް ތަރައްޤީކުރާ ދެކުނު ފަރާތު ބަނދަރު ނިމިގެންދާއރު، ބަނދަރު ސަރަޙައްދުން ދޭންޖެހޭ ޚިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުން
2އެކެޑަމީ އޮފް އިންޓަނޭޝަނަލް މެރިޓައިމް އެންޑް މެނޭޖްމަންޓް ސްޓަޑީޒް އާއި ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ ނިޔަމި ކޯހާއި ބެހޭ މަޢުލޫމާތު ހާމަކުރުން
3ރަށުގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކުގެ މަސައްކަތުގެ މަޢުލޫމާތު ހާމަކުރުން
4އިރުވެލި މާލަމުގައި އިމާރާތްކުރާ ކުއްޔަށްދޭ ކޮޓަރިއާއި ފާޚާނާއާއި އެނޫންވެސް މަސައްކަތުގެ މަޢުލޫމާތު ހާމަކުރުން
5ސަރުކާރުގެ ފަރާތުން ރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ދެކުނު ބަނދަރު ޕްރޮޖެކްޓާއި ފެނުގެ ޕްރޮޖެކްޓާއި އައިސްޕްލާންޓް އަދި ސްކޫލް އިމާރާތުގެ ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރުން

 

ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންދެއްވުންއެދި މަޑުއްވަރީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަމެވެ.

 

16 އޮގަސްޓު 2021