މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް

ރ.މަޑުއްވަރި

އިރުވެލި މާލަން ތަރައްޤީކުރުން


 

 

އިރުވެލި މާލަމުގައި ކުރާންހުރި، ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތްކުރާނީ މިއިޢުލާނާއިއެކު އެއްފަތްކުރެވިފައިވާ ކުރެހުންތަކާއި ނަމޫނާތަކާއި، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަކާއި އެއްގޮތަށެވެ.

 

މިހާރު ހުރި ފާޚާނާ މަރާމާތުކުރުން

 • މިހާރުހުރި ދޮރު ނަގައި، ދޮރު ހުރިތަން ރާނައި، ދެފަރާތުން ސިމެންތިޖެހުން.
 • މިހާރު ހުރި ފާޚާނާގެ ބިތްތަކާއި ތަޅުމުގައި ޖަހާފައިވާ މުށިތައް ނައްޓުވައި އައު މުށިޖެހުމާއި ގްރައުޓް އެޅުން. ތަޅުމުގައި ޖަހާނީ ތަޅުމަށް ޚާއްޞަ މުށްޓެކެވެ. އަދި ބިތްތަކުގައި ޖަހާނީ ބިތުގައި ޖަހަން ޚާއްޞަ މުށްޓެކެވެ. ސީލިންގާއި ހަމައަށް ބިތްތަކުގައި މުށިޖަހަންވާނެއެވެ.
 • މިހާރު ހުރި ފެން ވައިރިން ނެގުމާއި ފާޚާނާގެ ފެންވައިރިން އެޅުން.
 • މިހާރު ހުރި ފާޚާނާ ސެޓް ނަގާ އައު ފާޚާނާ ސެޓެއް ހަރުކުރުން (ފާޚާނާތަށި، ހެޑްޝަވަރ، ހޭންޑު ޝަވަރ، ފެން އިސްކޫރު، މުސްމިލް ޝަވަރ، މޫނުދޮންނަ ތަށްޓާއި މޫނުދޮންނަ ތަށީގެ އިސްކުރު، މޫނުބަލާ ލޯގަނޑު ސެޓް، ފެންވަރަން ބޭނުންކުރާ ސާމާނު ބަހައްޓާ އެއްޗިއްސާއި ތުވާލި އަޅުވާ އެއްޗެއް ހަރުކުރުން).
 • މިހާރު ހުރި ސީލިންގ ފިލާތައް ނައްޓުވާ ޕީވީސީ ސީލިންގ ހަރުކުރުމާއި ބޯޑަރު އެޅުން.
 • ކަރަންޓު ވައިރުއެޅުން
 • 2 ބޮކި 2 ސޮކެޓް އެޅުން (15އެންޕަޔަރުގެ ސޮކެޓަކާއި 13 އެންޕަޔަރުގެ ސޮކެޓެއް).
 • ފާޚާނާގެ ބޭރުގައި 2 ގޭންގްގެ ސުވިޗެއް ހަރުކުރުން.
 • ފާޚާނާގެ އެތެރޭގައި 1 ވޭލު ހަރުކުރުން.
 • ފާޚާނާގެ ޑްރެއިނޭޖް ހަރުކުރުމާއި ނަރުދަމާ ނިޒާމާއިގުޅުން
 • ކޮޓަރިތެރެއިން ފާޚާނާގެ ދޮރު ކަނޑައި ޕީވީސީ ދޮރާއި ދޮރުފަތް ހަރުކޮށް އެޕޯލޯ ފާޚާނާ ތަޅު ހަރުކުރުން.
 • ސީލިންގ އެގްޒޯސްޓެއް ހަރުކުރުން (އެގްޒޯސްޓްގެ ވައިހޮޅި ސީލިންގްމަތިން ގޯތިތެރެއަށް ދޫކޮށްލުން)
 • ފެން ހީޓަރު ހަރުކުރުން.

 

ކޮޓަރި މަރާމާތުކުރުން

 • ކޮޓަރީގެ ސީލިންގް ނައްޓުވާ ޕީވީސީ ސީލިންގކުރުމާއި ބޯޑަރުއެޅުން.
 • ތަޅުމުގައި މިހާރު ހުރި މުށިތައް ނަގައި އައުމުށިޖެހުމާއި ބޯޑަރު އެޅުމާއި ގުރައުޓްއެޅުން.
 • ފާރުގައި ރެސްއަޅާފައިވާ ބައިތައް ބައްދާ ކޮޓަރީގެ ހުރިހާ ފާރުތަކެއްގައި ޕުޓީޖަހާ އޮމާންކޮށް ސީލަރާއި ކުލަލުން.
 • ކަރަންޓުވައިރިން އެޅުން، (4 ސީލިންގ ސަރފޭސް މައުންޓް ލެޑް ލައިޓް، 1 ޑިމްލައިޓް، 1 ފަންކާ، 15 އެންޕަޔަރުގެ 2 ސޮކެޓާއި 13 އެންޕަޔަރުގެ ޑަބަލް 2 ސޮކެޓާއި ސިންގަލް 3 ސޮކެޓް).
 • 4 ގޭންގެ ސްވިޗަކާއި ފަންކާ ޑިމަރަކާއި ލައިޓް ޑިމަރެއް ހަރުކުރުން.
 • 1 ސަބް ޑީބީ ހަރުކުރުން. (32 އެމްޕީގެ އީއެލްސީބީ، 32 އެމްޕީގެ އެމްސީބީ، 16 އެމްޕީގެ 3 ސާކެޓް، 06 އެމްޕީގެ 3 ސާކެޓް، 10 އެމްޕީގެ 5 ސާކެޓް)
 • އިރުވެލި މާލަމުގެ ޑީބީން ކޮޓަރި ސަބްޑީބީއަށް ކަރަންޓް ވައިރު އެޅުން. (އާތު ކޭބަލާއިއެކު)
 • މިހާރު ހުރި ބޮޑު ދޮރާއި ދޮރުފަތް ނަގައި އައު ލަކުޑި ދޮރާއި ދޮރުފަތްޖަހައި އަތްގަނޑު ތަޅު ހަރުކޮށް ދޮރާއި ދޮރުފަތް ހަރުކުރުން އަދި ޑޯކްލޯޒަރ ހަރުކުރުން.
 • ކުޑަދޮރު ނަގައި ކައުންސިލުން ފޯރުކޮށްދޭ އެލްމެނިއަމް ދޮރާ ދޮރުފަތް ހަރުކުރުން އަދި ދޮރުގެ ބިއްލޫރީގައި ލައިޓް ޕްރޫފް ސްޓިކަރ ތަތްކުރުން.
 • ކޮޓަރީގައިވާ ބިއްލޫރި ފުރޭމްނަގައި، ފުރޭމް ހުރިތަން ރާނާ ސިމެންތި އާއި ޕުޓީ ޖަހާ ސީލަރާއި ކުލަލުން.
 • ކޮޓަރީގެ އުތުރު ބިތުގައި “06.’1 x “00.’4 ވޯލްމައުންޓް ޓޭބަލެއް ހަރުކުރުން.

 

އަލަށް ހަދާ 2 ފާޚާނާ

 • ޕައުންޑޭޝަން ކޮންކްރިޓްކުރުމާއި މަތީ ބީމް އެޅުން
 • އަލަށް ރާނާ ދެ ފާރާއި މިހާރު ހުރި ފާރާއި ގުޅޭ ތަނުގައި ކޮންކްރިޓް ތަނބެއްލުން
 • ކުރެހުމާއި އެއްގޮތަށް ދޮރަށްކަނޑާ ފުރާޅާއި ހަމައަށް އުސްކޮށް ރޭނުން.
 • ފާޚާނާގެ ފެންވައިރިން އެޅުމާއި ނަރުދަމާ ނިޒާމާއިގުޅުން.
 • ވަށާ ބިތްތަކުގައި އެތެރެއާއި ބޭރުގައި ސިމެންތި ޖަހާ އޮމާންކުރުން އަދި ތަޅުން އެޅުން (ތަޅުމުގެ ބޯމިން: 1.5އިންޗި).
 • ފާޚާނާގެ ވަށާބިތުގައި ސީލިންގާއި ހަމައަށް މުށިޖެހުން އަދި ތަޅުމުގައި މުށި ޖެހުން (ތަޅުމަށް އަދި ބިތަށް ޙާއްޞަ މުއްޓެއްކަމުގައިވުން)
 • ފާޚާނާ ސެޓް ހަރުކުރުން (ފާޚާނާތަށި، މޫނުދޮންނަތަށި، އިސްކުރު، މުސްމިލް ޝަވަރ، މޫނުދޮންނަތަށީގެ އިސްކުރު، މޫނުބަލާ ލޯގަނޑުހަރުކުރުން)
 • ފާޚާނާތެރެއަށް ސޮކެޓެއް އަޅައި ކަރަންޓުން އަތް ހިއްކާ މެޝިނެއް ހަރުކުރުން
 • ކަރަންޓު ވައިރިން އެޅުން (ބޭރުން ދިއްލޭގޮތަށް 1 ބޮކި ހަރުކުރުން).
 • ކުރިން އޮތް ސީލިންގު ނަގައި ޕީވީސީ ސީލިންގކުރުން.
 • ވައިދައުރުވާގޮތަށް ހުންނަ ޕީވީސީ ދޮރާއި ދޮރުފަތް ހަރުކޮށް އެޕޯލޯ ތަޅު ހަރުކުރުން (ތަޅުލެވޭ ތަޅު)
 • ބޭރުގައި ސީލަރާއި ކުލަލުން

 

އަލަށް ހަދާ ގުދަން

 • ޕައުންޑޭޝަން ކޮންކްރިޓްކޮށް ރާނައި ފުރާޅާ ހަމައަށް މަތީ ބީމް އެޅުން.
 • ކުރެހުމާއި އެއްގޮތަށް ދޮރަށްކަނޑާ ފުރާޅާއި ހަމައަށް ރޭނުން.
 • ވަށާ ބިތްތަކުގައި ދެފަރާތުގައި ސިމެންތި ޖަހާ އޮމާންކޮށް ސީލަރާއި ކުލަލުން.
 • ތަޅުން އަޅައި މުށިޖެހުން. (އޮފު މުށްޓެއް) – (ތަޅުމުގެ ބޯމިން: 1.5އިންޗި).
 • ކަރަންޓު ވައިރިން އެޅުން (ބޭރުން ދިއްލޭގޮތަށް 1 ބޮކި ހަރުކުރުމާއި ދެގޭންގެ ސޮކެޓެއް ހަރުކުރުން).
 • މިހާރު ބޭނުންކުރަމުންދާ ފެން މޯޓަރު ގުދަނަށް ބަދަލުކުރުމާއި ފެންވައިރިންއެޅުން (ފެންމޯޓަރު މިހާރު ހުރީ އިމާރާތުގެ ހުޅަނގު ދެކުނު ކަނުގައެވެ).
 • ވޯޓަރ ސަޕްލައި މީޓަރުން ފެންމޯޓަރާއި ހަމައަށް ފެންވައިރިން އަޅައި ވޭލް ހަރުކޮށް ފާހާނާތަކަށް ފެންދެވޭނެ ގޮތް ހެދުން (މީޓަރު ހަރުކޮށްފައިހުރީ އިމާރާތުގެ ގޭޓް ކައިރިން ހުޅަނގު ދެކުނު ފަރާތުގައެވެ).
 • ލަކުދި ދޮރާއި ދޮރުފަތްޖަހައި ތަޅުހަރުކޮށް ދޮރާއި ދޮރުފަތް ހަރުކުރުން. (ދޮރުގެ ތިރީބައިގައި ކަތިފިލާ ޖެހުން)

 

ފާޚާނާގެ ވޯކްވޭ

 • ޕީވީސީ ސީލިންކުރުން.
 • ކަރަންޓުވައިރިން އެޅުން (1 ލައިޓް ހަރުކުރުމާއި ސްވިޗް ހަރުކުރުން).
 • ތަޅުން އަޅައި އޮމާންކުރުން (ތަޅުމުގެ ބޯމިން: 2 އިންޗި)

 

ކޮޓަރި ކުރިމަތި ލައިޓްތައް

 • ކަރަންޓުވައިރިން އެޅުން (2 ލައިޓާއި ދެ ގޭންގެ އެއް ސްވިޗް ހަރުކުރުން)

 

ކޮޓަރިއަށް ބޭނުންވާ ތަކެތި ހޯދުމާއި ހަރުކުރުމާއި ރޭވުން

 • 01 ބެޑްރޫމްސެޓް (ކުއީން ސައިޒްގެ އެނދާއި ގޮދަޑި، 2 ދޮރުފަތުގެ ވާޑްރޮބް، ޑްރެސިންގޓޭބަލާއި ގޮނޑި، ސައިޑް ޓޭބަލް)
 • 04 ބާލިސް، 01 ކުއިލްޓް، 4 ބެޑިންގ ސެޓް (04 ބާލީސް އުރަ އާއި 01 ބެޑްޝީޓް އަދި 01 ކުއިލްޓް ކަވަރުގެ ސެޓް)
 • 02 ޑަސްޓްބިން، 01 ޝޫ ރެކް، 02 ފައިފުހި
 • 01 ލަކުޑި ސްޓޭންޑް (ތުވާލި/އަންނައުނު އަޅުވާ)
 • 01 އިސްތިރި އާއި އިސްތިރިކުރާ މޭޒު.
 • 01 އިންވާޓަރ އޭސީ (12 ހާސް ބީޓީޔޫ)
 • ފެންކައްކާ ޖަގު

 

އިރުވެލި މާލަމުގައި ކުރަންހުރި މަސައްކަތްތައް

 1. ފެނަކަ ޑީބީން މާލަމަށް 03 ފޭސް ކަރަންޓް ކޭބަލް އެޅުން.
 2. 03 ފޭސް ކަރަންޓް މީޓަރު އެޅުވުން.
 3. މިހާރު ހުރި ޑީބީ 03 ފޭސްއަށް ބަދަލުކުރުން.
 4. މާލަމުގެ މެއިން ގޭޓްގެ ދެފަރާތަށް ކަރަންޓް ވައިރު އަޅައި ގޭޓްގެ ދެފަރާތުގައި ބޮކި ހަރުކޮށް ސޯލާ ލޯހަރުކޮށް ދިއްލުން. އަދި މާލަމުގެ ބޭރު 3 ލައިޓުވެސް ސޯލާ ލޮލާއި ގުޅުން)
 5. މާލަމުގެ ސީލިންގައި ލައިޓްނެތް ކޮންމެ ގޮޅިޔަކަށް ސަރފޭސް މައުންޓް (މިހާރު ހުރި ސައިޒްގެ ހަތަރެސްކަން ހުދު) ލައިޓު ހަރުކުރުން (18 ވޯލްޓްގެ 39 ލައިޓް، 4 ގޭންގެ 1 ސްވިޗް، ކޮންމެ ސްވިޗަކުން 06 ލައިޓް ދިއްލުން، މިހާރު ހުރި ލައިޓް ކޮންމެ ބަރިއަކަށް އިތުރުވާ 3 ލައިޓް މިހާރުގެ ސުވިޗަށް ގުޅާލުން)
 6. ކޮންޓްރޯލް ރޫމަށް އިންވާޓަރ އޭސީ ( 9ހާސް ބީޓީޔޫ) ހޯދައި ހަރުކުރުން.
 7. ކޮންޓްރޯލް ރޫމަށް ބޭނުންވާ ސައުންޑް ކަބަޑު ޖެހުން (ކުރެހުމާއި އެއްގޮތަށް)
 8. އިރުވެލި މާލަމުގެ 3 ބޮޑުދޮރާއި ކުޑަދޮރުސެޓްގެ އެތެރޭން ލައިޓް-ޕްރޫފް ކަޅު ސްޓިކަރ ހަރުކުރުން.
 9. 8’x4′ ފޫޓުގެ ވައިޓް ބޯޑެއް ހޯދުމާއި ބޯޑު ހަރުކުރާ ފުރުޅުލީ ދަގަނޑު ސްޓޭންޑެއް ހެދުން.
 10. 01 ފްލިޕް ބޯޑު ހޯދުން.
 11. ކުރެހުމާއި އެއްގޮތަށް ލަކުޑިން ޕޯޑިއަމެއް ހެދުމާއި ވަޔަލެސް ޕޯޑިއަމް 02 މައިކު ހޯދުން.
 12. ކުރެހުމާއި އެއްގޮތަށް 40 ޑެސްކް ޖެހުން.
 13. މި އިޢުލާނާއި އެއްފަތްކޮށްފައިވާ ނަމޫނާ ފޮޓޯ އާއި އެއްގޮތް، 20 ބެންކުއެޓް ޗެއަރ ހޯދުން

 

އިތުރު މަޢުލޫމާތު

 

 1. ޕައުންޑޭޝަންގެ އަދި މަތީ ބީމްގެ މިންތައް:

އުސްމިން 5 އިންޗި، ބޯމިން 4 އިންޗި

 

 1. ތަނބުތަކުގެ ސައިޒް

04 އިންޗި ފުޅާ

ފުޅާމިން:- ފާރުގެ ބޯމިން 05 އިންޗި

 

 1. ގައު

04 އިންޗި ހޯލޯ ބުލޮކްސް

 

ރޭޝިއޯ:-

 

ކޮންކުރިޓްކުރަންވާނީ ހިލަޔާއި ހިލަވެލި ބޭނުންކޮށްގެންނެވެ.

ކޮންކުރިޓް،       ސިމެންތި: ވެލި: ހިލަ/ 3:2:1

ރޭނުން،         ސިމެންތި: ވެލި / 5:1

ސިމެންތިޖެހުން،   ސިމެންތި: ވެލި 4:1

 

 • ކުލަ

އޮއިލް ބޭސްޑް ސީލަރ

އޮއިލް ބޭސްޑް މޮޅު ހުދުކުލަ

 

މިމަސައްކަތްތައް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލްގެ ބިޑް ހުށަހަޅާ ފޯމް ފުރިހަމަކުރައްވައި 2021 އޯގަސްޓް 31 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު، އަންދާސީ ހިސާބު ހުށަހަޅުއްވާ ގަޑީގައެވެ. މިމަސައްކަތްކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.

 

އަގު ހުށަހަޅަންވީ ގޮތް:

 • އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
 • އަންދާސީ ހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކޮށްފައިވާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.
 • އަންދާސީ ހިސާބު އިވެލުވޭޓް ކުރާއިރު ބެންޗްމާރކްގެ ގޮތުގައި ބަލާނީ ހުށަހަޅާފައި އޮންނަ އެންމެ ކުޑަ އަގެވެ.
 • އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
 • ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

“އިރުވެލި މާލަން ތަރައްޤީކުރުން”

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ރ. މަޑުއްވަރި، ދިވެހިރާއްޖެ

 • ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
 • ކުންފުނި/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
 • ކުންފުނީގެ ޕްރޮފައިލް
 • ތަޖުރިބާގެ ލިޔުންތައް
 • އަންދާސީ ހިސާބު ހުށަހަޅާ ފޯމް ސެޓް
 • މަސައްކަތު ތާވަލު

 

 • މާކްސް ދެވޭގޮތުގެ ތަފްސީލު:
 1. މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
 • އަގު %85
 • މުއްދަތު %10
 • ތަޖުރިބާ %5
 1. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
 2. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަޝްރޫޢާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2021 އޮގަސްޓް 30 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  info@raamaduvvari.gov.mv

ކޮޕީ: azhar@raamaduvvari.gov.mv

ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.